ހަމާސްގެ ހަނގުރާމަމަތީ ގޮފި ކަމަށްވާ އިއްޒުއްދީން އަލް ޤައްސާމް ބްރިގޭޑްސް އިން ވަރަށް ޚާއްޞަ ޕްރެސް ކޮންފަރެންސެއް ބާއްވައިފިއެވެ. މި ކޮންފަރެންސްގައި ދެކެވުނު ވާހަކަ ތަކުގެ ޚުލާސާ ތަރުޖަމާ ތިރީގައި އަޅުގަނޑު ނަކަލުކޮށްލާނަމެވެ.
" އަހަރަމެންގެ މިއަދު ގެ ކޮންފަރެސްގައި ވާހަކަ ދައްކާނީ މައިގަނޑު 3 ކަމެއްގެ މައްޗަށެވެ. އެ 3 ކަމަކީ
1. ޤައްސާމް ބްރިގޭޑްސް ގެ ފަރާތުން އިއުލާނު ކުރާ ރަސްމީ ސްޓެޓިސްޓިކްސް.
2. އަލް ޤައްސާމް ބްރިގޭޑްސް އިން ހިންގި އޮޕަރޭޝަން ތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް އެކަމުގެ ޒިންމާ އުފުލާ ކަމަށް އިއުލާން ކުރާ އޮޕަރޭޝަންތައް
3. ޒަޔަނިސްޓުން އެންމެ ފަހުން ހިނގި ކަންތައްތަކާ ގުޅޭގޮތުން ބްރިގޭޑްސް ދެކޭ ގޮތް
ފުރަތަމަ މައުޟޫ : ޝަހީދުވި މުޖާހިދުންގެ އަދަދު
އަލް އަޤްޞާ އިންތިފާޟާ ފެށުމުގެ ކުރިން 144
ޝަހީދުން (2000-20005) 611
ޝަހީދުން (2006-2010) 1053
ޖުމްލަ 1808
އަވަށްތަކުގެ މައްޗަށް ބިނާކޮށް ޝަހީދުވި މުޖާހިދުންގެ އަދަދު
ޢައްޒާ 1469
ހުޅަނގު އައްސޭރި 335
ފަލަސްޠީނު ރައްޔިތުންނޫން މީހުން 4
ޝަހީދުވި ގޮތްތަކުގެ މައްޗަށް ބިނާކޮށް ޝަހީދުވި މުޖާހިދުންގެ އަދަދު
ޝަހީދުވުމުގެ އޮޕަރޭޝަން (ޖާނުން ފިދާވުން) 93
ޒަޔަނިސްޓުން ހަމަލާދީގެން 119
ފަތަހަ ޖަމާއަތުގެ މީހުން ހަމަލާދީގެން 99
މިލިޓަރީ ސަރަހައްދުތަކަށް ވަދެ އުޅުމުގެ ތެރޭގައި 68
އަހަރުމެން 2 ކަމެއް ފާހަގަ ކުރަމެވެ. ފުރަތަމަ ކަމަކަށް މަތީގައިވާ ސްޓެޓިސްޓިކްސް އަކީ ސަލާމަތީ ސަބަބުތަކަށްޓަކައި އަހަރަމެންނަށް އިއުލާނުކުރެވެން އޮތް މިންވަރެވެ. ވުމާއެކު، ޒިންމާ އަދި ނުއުފުލާ އެތައް އޮޕަރޭޝަނެއް ހިންގައިފައިވާނެއެވެ. ދެވަނަ ކަމަކަށް، ދުޝްމަނުންނަށް ލިބުނު ގެއްލުން ކަމުގައި ބަލާފައިވާނީ ޒަޔަނިސްޓުން އަންދާޒާކޮށްފައިވާ އަދަދުތަކެވެ.
ދެވަނަ މައުޟޫ: އަލް ޤައްސާމް ބްރިގޭޑްސް އިން ހިންގި އޮޕަރޭޝަންތައް
އަލް ޤައްސާމް ބްރިގޭޑްސް އިން ހިންގި އޮޕަރޭޝަން ތަކުގެ އަދަދަކީ 1115 އެވެ. 2006 އިން ފެށިގެން މިއަދާ ހަމައަށް ހިންގުނު އޮޕަރޭޝަން ތަކުގެ އިންސައްތައަކީ 32% އިންސައްތައެވެ. މާނައަކީ ޤައްސާމް ބްރިގޭޑްސް އިން 23 އަހަރު ދުވަހު ތެރޭ ހިންގި ހުރިހާ އޮޕަރޭޝަންތަކެއްގެ ތެރެއިން 1/3 ހިންގާފައިވަނީ ވޭތުވެދިޔަ 5 އަހަރުދުވަހު ތެރޭގައި ކަމެވެ.
ހިންގުނު އޮޕަރޭޝަންތަކުގެ ތެރޭގައި ޝަހީދުވުމުގެ އޮޕަރޭޝަން/ ޖާނުން ފިދާވުމުމުގެ ހަމަލާ، އިންކަރޝަން، ކުއްލި ހަމަލާ، ތަންތަން ހިފުން، ސްނައިޕިން އަދި ހައްޔަރުކުރުން ހިމެނެއެވެ. ކިޑްނެޕް ކުރުމުގެ 24 އޮޕަރޭޝަނެއް ކުރިއަށް ގެންދެވުނެވެ. 2006 ޖޫން މަހު ހިނގި ކިޑްނެޕް އޮޕަރޭޝަން ފަދަ ބައެއް އޮޕަރޭޝަން ވަރަށް ކާމިޔާބު ކަމުގައި ފާހަގަ ކުރަމެވެ.
މި ސްޓެޓިސްޓިކްސް އަކީ ޢައްޒާގައި ޒަޔަނިސްޓުން ހިންގާ ގަތުލު އާންމުތަކާއި ފަލަސްޠީނުގެ މީހުންގެ ބޯތައް މައްޗަށް ވައްޓަމުންދާ އެތައް ހާސް ޒަޔަނިސްޓް ރޮކެޓްތަކުގެ ރައްދު ޖަވާބެވެ.
ޒަޔަނިސްޓް ސިފައިން ކިޑްނެޕް ކުރުމުގެ އޮޕަރޭޝަން 24
ޤައްސާމް ރޮކޮޓް 3506
މޯޓަރސް 7475
ޖުމްލަ 10981
2006 އިން ފެށިގެން 2010 ގެ ނިޔަލަށް ޤައްސާމް ބްރިގޭޑްސް އިން ފޮނުވާލައިފައިވާ ރޮކެޓް އަދި މިސައިލް ހަމަލާތަކުގެ ނިސްބަތަކީ 68%. މި ހަމަލާތައް ދެވިފައިވާނީ، ޢައްޒާގެ ބޯޑަރުތައް ބަންދު ކުރުމާއި ގުޅިގެންނެވެ. އަދި ޒަޔަނިސްޓުން ހިންގާ ގަތުލު އާންމާއި އަދި ޢައްޒާއާ ދެކޮޅަށް ހަނގުރާމަ ކުރި ދުވަސްވަރާއި، އަދި މިނޫނަސް މި ފަދަ އެތައް ސަބަބުތަކަކަށް ޓަކައެވެ.
ޤައްސާމް ބްރިގޭޑްސް އިން ހިނގް އޮޕަރޭޝަންތަކުގެ ތެރެއިން ޒަޔަނިސްޓުންނަށް ގެ ތެރެއިން މަރުވިމީހުންގެ އަދަދަކީ 1363 އެވެ. އަދި ގެއްލުން ލިބުނު ޒަޔަނިސްޓް ސިފައިންގެ އަދަދަކީ 6378 އެވެ.
ކޮންފަރެސްގައި 2 ވަނަ ކަމަކަށް އަލި އަޅުވާލައިފައިވަނީ ޤައްސާމް ބްރިގޭޑްސް ގެ ފަރާތުން ހިންގައިފައިވާ އޮޕަރޭޝަންތަކާ ބެހޭ ގޮތުންނެވެ. އެ ގޮތުން ޖުމްލަ 3 އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. އޭގެ ތެރޭގައި ހިބްރޫން ސެލް އޮޕަރޭޝަން ހިމެނެއެވެ. މި އޮޕަރޭޝަންގައި 4 އޮޕަރޭޝަނެއް ވެއެވެ. އެއީ
1- ހަޖާއީ އޮޕަރޭޝަން (ޒަޔަނިސްޓް މިލިޓަރީ ސަރަހައްދެއް) : މި އޮޕަރޭޝަން ކުރިއަށް ގޮސްފައިވަނީ 2005 ޖޫން 24 ވަނަ ދުވަހެވެ. މި އޮޕަރޭޝަންގައި 2 ޒަޔަނިސްޓް ސިފައިންވަނީ މަރާލެވިފައެވެ.
2- ހިބްރޫންގެ މުސްކުޅި ޝަހަރު: މި އޮޕަރޭޝަން ހިނގައިފައިވަނީ ޖުލައި 2005 ގައެވެ. މި އޮޕަރޭޝަންގައި 2 ޒަޔަނިސްޓް ސިފައިން ވަނީ މަރާލެވިފައެވެ.
3- ޒިޓްޒިއޯން ( ޒަޔަނިސްޓް މިލިޓަރީ ސަރަހައްދެއް) : މި އޮޕަރޭޝަނަކީ އިބްރާހީމީ މިސްކިތުގައި ޒަޔަނިސްޓުން ހިންގި ގަތުލު އާންމުގެ ރައްދެއްގެ ގޮތުގައި ހިންގުނު އޮޕަރޭޝަނެކެވެ، މި ހަމަލާ ދެވިފައިވަނީ މިލިޓަރީ ބޭހެއް ކައިރީގައެވެ. މި ހަމަލާގައި ޒަޔަނިސްޓް 3 ސިފައިން ވަނީ މަރާލެވިފައެވެ.
4- ސިންދަސް މައުންޓް (ޒަޔަނިސްޓް މިލިޓަރީ ބޭހެއް) : މި ހަމަލާ ދެވިފައިވަނީ 16 ޑިސެމްބަރ 2005 ވީ ދުވަހެވެ. މި ހަމަލާގައި ޒަޔަނިސްޓް ސިފައިންގެ މީހަކު ވަނީ މަރާލެވިފައެވެ.
އަލް ޤުދުސް ގެ ޝަހީދުވުމުގެ އޮޕަރޭޝަން (ޖާނުން ފިދާވުމުގެ އޮޕަރޭޝަން)
މި ހަމަލާ އަކީ މާރޗް 2008 ގައި ޒަޔަނިސްޓުން ފަލަސްތީނުގެ 1400 މީހުން މަރާލުމުގެ ބަދަލު ހިފުމުގެ ގޮތުން ދެވިފައިވާ ހަމަލާއެކެވެ. ޒަޔަނިސްޓުން ދިން ހަމަލާގައި ގިނައިން މަރުވެފައިވަނީ ފަލަސްތީނުގެ އާންމު މީހުންނެވެ. އޭގެ ރައްދުގައި ދެވުނު ހަމަލާގައި ޒަޔަނިސްޓުން ބުނާ ގޮތުންނަމަ މަރުވެފައިވަނީ 8 ޒަޔަނިސްޓް ސިފައިންގެ މީހުންނެވެ. އޭގެ އިތުރުން މިހަލާގައި އިތުރު 30 މީހަކަށް ވަނީ ގެއްލުންވެފައެވެ.
ފްރީޑަމް އޮޕަރޭޝަން
މި ހަމަލާއަކީ މެޑިޓޭރިއަމް ކަނޑުގައި ޒަޔަނިސްޓުން 31 މާރޗް 2010 ވަނަ ދުވަހު ހިންގި ގަތުލު އާންމާ ގުޅިގެން ދެވުނު ހަމަލާއެކެވެ. މި ހަމަލާގައި ޒަޔަނިސްޓް ސިފައިންގެ މީހަކު ވަނީ މަރާލެވިފައެވެ. މި ހަމަލާގައި އިތުރު 3 މީހަކަށް ވެސް ވަނީ ގެއްލުން ލިބިފައެވެ. އަދި އޭގެތެރެއިން 1 ވަނީ ވަރަށް ސީރިއަސް ހާލަތެއްގައެވެ.
މީގެ އިތުރުންވެސް ޕްރެސްކޮންފަރެންސްގައި އަބޫ އުބައިދާ އިތުރަށް ފާހަގަ ކޮށްފައިވެއެވެ.
"އިސްވެ ބަޔާން ކުރެވުނު ހުރިހާ އޮޕަރޭޝަނެއްގެ ފުރިހަމަ ޒިންމާ އިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސް އިން އުފުލަން. މި ކާމިޔާބު އޮޕަރޭޝަންތައް ހިންގި ފަހުލަވާނުންނަށް އަހަރަމެން ކުރުނީސް ކުރަން. މިހާރު އެބައިމީހުންނަކީ ބިންތައް ފޭރިގެންފައިވާ ޒަޔަނިސްޓުންގެ ޖަލުތަކުގައި ތިބި އަސީރުން. މީގެ އިތުރުން ، ޒަޔަނިސްޓުންނާއި އައްބާސް ގެ ސިފައިން އެބައެއްގެ ފަހަތުން ދުވާ އަހަރަމެންގެ މުޖާހިދުންނަށްވެސް އަހަރަމެން ކުރުނީސް ކުރަން."
"ހުޅަނގު އައްސޭރީގައި ތިބި މުޖާހިދުން އަހަރަމެން ދޫކޮށް ނުލާނެކަމަށް ހުވާކުރަން. އެމީހުންގެ މަގަކީ އަހަރަމެންގެ ވެސް މަގު، އެމީހުން އިހުސާސް ކުރަމުންދާ ވޭނާ ތަދަކީ އަހަރަމެންގެވެސް ތަދު. އަހަރަމެން އެބައިމީހުންނަށް ބުނަން. އަނިޔާވެރިކަން ދެމި ނޯންނާނެ.
3 ވަނަ މައުޟޫ : އެންމެ ފަހުން ޒަޔަނިސްޓުން ހިންގި އަމަލުތަކަށް ރިއާޔަތްކޮށް އަލް ޤައްސާމް ބްރިގޭޑްސް ގެ ބަސް
" ވުމާއެކު، އަންނަނިވި ނުކުތާތަށް އަހަރަމެން ކަށަވަރު ކުރަން
1. މިފަހަކަށް އައިސް ޒަޔަނިސްޓުން އެހިންގަމުން އިތުރު ކުރަމުންދާ ކަންތައްތަކަކީ ހަމަ އަލިފާނާ ކުޅުން ކަހަލަ ކަމެއް. އަދި ދުޝްމަނުން އިތުރު ކުރަމުންދާ އަނިޔާވެރިކަން ހަނުހުރުމަކުން ރައްދުނުވާނެކަން އެބައިމީހުން ދަންނަން ޖެހޭނެ. މިވަގުތު އަލް ޤައްސާމް ބްރިގޭޑްސް ރައްދު ހަމަލާ ނުދެނީ ބިރުން، ނުވަތަ ބަލި ކަށި ކަމަކުން ނޫން. ނަމަވެސް މިހާރުގެ ހާލަތު އިތުރަށް ދިރާސާ ކުރުމަށްޓަކައި.
2. އަހަރަމެންގެ ފަރާތުން އަންނަނީ ކޮން ރައްދެއްތޯ ބެލުމަށް އަހަރަމެން ޓެސްޓް ކުރަން އުޅޭނަމަ ދަންނާތި. އެހެން ވެއްޖެނަމަ، އަހަރަމެންގެ ފަރާތުން އެބައިމީހުންނަށް ނުހަނު ވަރުގަދަ ރައްދަކާ ކުރިމަތިލާން ޖެހޭނެ. އަހަރަމެން ދުޝްމަނުންނަށް ދައުވަތުދޭނީ އަހަރަމެން ޓެސްޓް ނުކުރުމަށް އެހެނީ އަހަރަމެންނަށް ދުޝްމަނުން ބިރުގަންނަފަދަ ވަރުގަދަ ހަމަލާއެއް ދެވިދާނެކަމަށް ދުޝްމަނުންނަށް މިހާރު އެނގޭނެ. އަދި މިދިޔަ ދުވަސް ތަކުގައި އަހަރަމެން ޒަޔަނިސްޓުންނަށް ފޮނުވި މެސެޖްތައް އެބައިމީހުންނަށް ނިކަން ރަނގަޅަށް ލިބިއްޖެ. ވުމާއެކު، ދެން އެމީހުން ޖެހޭނީ އެ ރަނގަޅަށް ކިޔާ ދަސްކުރަން.
3. ޒަޔަނިސްޓުން ކެނޑިނޭޅި ޣައްޒާއަށް އިންޒާރު ދެމުން ދިޔަޔަސް އަހަރަމެން ފިނޑިވެ ފަސްނުޖެހޭނެ. ނަމަވެސް އެކަމަކީ އަހަރަމެން އިތުރަށް ކުރިއަށް ދިޔުމަށް އަދި ކުރިމަތިލުމަށް އޮތް ވަރުގަދަ މަގެއް އަދި ހިތްވަރެއް. ޒަޔަނިސްޓުން ހަނގުރާމައިގައި ކުރުން މަނާ ކަންތައްކޮށްގެން އަހަރަމެން ފަހަތަށް ޖެހޭނެ ކަމަށް ހީކޮށްފިއްޔާ އެބައިމީހުންނަކީ މޮޔައިންތަކެއް. ހަމަކަށަވަރުން އަހަރަމެން މިބުނި ބަސް ޒަމާން ތެދުކުރާނެކަށަވަރު. އަލް ފުރްޤާން ހަނގުރާމައިގައި ދުޝްމަނުން އަހަރަމެން އަތުން ބަލިވި ހިނދު ދަންނާތި މިއަދު އަހަރަމެން އިހުނަށްވުރެ ވަރުގަދަވެ ބާރު ގަދަވެއްޖެ. الحمد لله އަދި ދުޝްމަނުން ބަލިވާން ގާތްވެއްޖެ.
4. އަހަރަމެން އަހަރަމެންގެ ރައްޔިތުން ހަނގުރާމަތަކުން ސަލާމަތްކުރަން ބޭނުންވޭ. ނަމަވެސް ދުޝްމަނުން ކުރިމަތިލާނަމަ އަހަރަމެން ﷲ ގެ ވާގިފުޅާއެކު އަހަރަމެންގެ ފުރިހަމަ ބާރާ އެކު ރައްދުދޭނަން ކޮންމެ ހާލެއްގައި ވިޔަސް. އެދުވަހުން ޒަޔަނިސްޓުން ޖެހޭނީ ހިތާމައިގެ މައްޗަށް ހިތާމަކުރަން."
އެއްށްފަހު ޕްރެސްކޮންފަރެންސް ނިންމާލަމުން އަބޫ އުބައިދާ ފާހަގަ ކުރިއެވެ.
"23 އަހަރަށްފަހު، އަދި ފުރުޤާން ހަނގުރާމައިގެ ހަނދާނަށްފަހު އަދިވެސް އަހަރަމެން އަހަރަމެންގެ ބިމުގައި ޤާއިމްވެތި ތިބޭމެވެ. އަދި ޝަހީދުންގެ ހުވައިގެ މަތީގައި ސާބިތުވެތިބީމެވެ. އަހަރަމެންގެ އިނގިލިތައް ވަނީ ބަޑީގެ އުންޑަފޮނުވާލާ ޓްރިގަރ ގައެވެ. އަދި ކޮންމެ ހާލެއްގައި ކަމުގައިވިޔަސް މި އަޒުމުގައި އަހަރަމެން ކުރިއަށްދާން ތިބީމެވެ. އެއީ ކިތަންމެ ބޮޑު ޤުރުބާންތަކެއްވާން ޖެހުނު ކަމުގައިވިޔަސް އެވެ. "

ކޮމެންޓް (0)
ލޯޑް ކުރަމުން...