އަރަބިދުނިޔެ އިޒްރޭލުގެ އޮފިޝަލް: މަސްޖިދުލް އަޤްޞާއަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ވަރަށް ގާތްވެއްޖެ

އިޒްރޭލުގެ އޮފިޝަލް: މަސްޖިދުލް އަޤްޞާއަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ވަރަށް ގާތްވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : މުހައްމަދު ވިޝާޙް

އޫރުޝަލީމް އަވަށުގެ ހޯމް ފްރަންޓް ކޮމާންޑްގެ ކޮމާންޑަރު ކާނަލް ޔޮރާމް ލެވް-ރަން މަސްޖިދުލް އަޤްޞާ އަށް ބޮޑު ގެއްލުމެއް ކުރިމަތި ވަމުން އަންނަ ކަމަށާއި، ޒަމާންވީ މަރްވާނީ މިސްކި ބިމާ ހަމަވާން  ގާތްވެއްޖެ ކަމުގެ އިންޒާރު ދީފިއެވެ. މީނާ މިހެން ބުނެފައިވަނީ ކޮންމެ ހުކުރު ދުވަހަކު އިޒްރޭލުގައި ޝާއިއު ކުރާ ހަފްތާ މަޖައްލާއެއްގައެވެ.

"އެކަން ހިނގާނެ، ނަމަވެސް ސުވާލަކީ އެއީ ކޮން އިރަކުތޯ، އަދި އެ ހާދިސާގައި ހާނިއްކަވެ މަރުވާނީ ކިތައް މީހުންތޯ؟" .  އޭނާ ހާމަކުރިވެއެވެ

ލެވް-ރަން އިތުރަށް ހާމަކުރާ ގޮތުގައި ރަމަޟާން މަހު ގެ އަޅުކަން ފެށޭއިރު ކުއްލި ހާލަތުގައި އަމަލު ކުރާނެ ޕްލޭނެއް އަބަދުވެސް އޮންނަ ކަމަށާއި، ހޯމް ފްރަންޓް ކޮމާންޑާއި، އިޒްރޭލުގެ ފުލުހުން ތިބެނީ  އެލަރޓްގައި ކަމަށެވެ.

މި ލިޔުމާއެކު http://dhiislam.com/?p=7442 ގައިވާ ލިޔުން ވިދާޅުވެލެއްވުމަށް އެދެމެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.