އައްޑު އަތޮޅުން ޒަޔަނިސްޓް ޑޮކްޓަރުންނަށް ނުރުހުން ފާޅުކޮށް ހޮސްޕިޓަލް ކައިރީ މުޒާހަރާ ކޮށްފިކަމަށް އައްޑޫން ހަބަރު ދީފިއެވެ.
އައްޑު އަތޮޅުން ހަބަރު ލިބޭގޮތުގައި ޒަޔަނިސްޓު ޑޮކްޓަރުން އައްޑޫއަށް އިއްޔެގެ ވަގުތެއްގައި ގޮސްފައިވާ ކަމަށާއި އެމީހުންގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ. އެހެނަސް ހެނދުނުގެ ވަގުތެއްގައި އެމީހުންނާއި ދެކޮޅަށް ހޮސްޕިޓަލް ކުރިމަތީ ބަޔަކު މުޒާހަރާ ކޮށްފައިވާ ކަމަށާއި ރައްޔިތުންގެ ޝުއޫރު ފާޅުކުރުމަށް ބަޔަކު އެތެރެއަށްވެސް ވަދެފައިވާކަމަށެވެ. އެއްވި މީހުންވަނީ ޑޮކްޓަރަށް ދައްކަން ދިޔަ މީހުންނަށް އެއީ ކޮން ބަޔެއްކަން އޮޅުން ފިލުވައިދީ އެމީހުންގެ މަކަރުވެރި ރޭވުން ކިޔައި ދެމުންނެވެ. މިއަމަލުތަކުގެ ސަބަބުން އައްޑޫއަށް ގޮސްއުޅޭ އިޒްރޭލް ޓީމުގެ މީހަކު ހަރުކަށިކަން ދައްކާ 'އިނަފް އިޒް އިނަފް' އޭ ބުނެ ޝުއޫރު ފާޅުކުރަމުން ދިޔަ މީހުންނަށް ރުޅިވެރިކަން ދައްކާފައިވާ ކަމަށް ހަބަރުތަކުން ބުނެއެވެ. މިހަބަރު ވަނީ ސަންއެފްއެމް އިން ގޮވާފައިކަމަށް ހަބަރު ލިބެއެވެ. އަދި ހޮސްޕިޓަލުންވެސް މިކަހަލަ ކަމެއް ހިނގާފައިވާކަމަށް ބުނެއެވެ.
އައްޑޫގައި ކުރިއަށް ދާ މުޒާހަރާ އެޔަހޫދީ ޒަޔަނިސްޓް ޑޮކްޓަރުން ފޭބީމަ ނޫނީ ނުހުއްޓާނެކަމަށް މުޒާހަރާގައި އުޅޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އައްޑޫއަށް ފަހު މިޓީމުން ދާނީ ތިނަދޫއަށްކަމަށް ހަބަރު ލިބެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...