ޒަމާނީ ހަތިޔާރުތަކަށް ދިވެހި އެންމެހާ މުސްލިމުން އަހްލުވެރި ކޮށްދިނުމަށް ޖަމްޢިއްޔަތުއްސަލަފުން ދިވެހި ސަރުކާރަށް އިލްތިމާސްކޮށްފިއެވެ.
ޖަމިއްޔަތުއްސަލަފް އިން ކުރި އިލްތިމާސްގައި އިތުރަށްވަނީ، "ދިވެހިޤައުމުގެ މައްޗަށް ޔަހޫދީން ވެރިވެގަނެ ، ފަލަސްތީނަށް ޖައްސާފައިވާ ނިކަމެތި ހާލު ޖެއްސުމުގެ ކުރިން ޢަސްކަރީ ތަމްރީނާއި ޒަމާނީ ހަތިޔާރުތަކަށް ދިވެހި އެންމެހާ މުސްލިމުން އަހްލުވެރި ކޮށްދިނުމަށް ޖަމްޢިއްޔަތުއްސަލަފުން ދިވެހި ސަރުކާރަށް އިލްތިމާސްކުރަން!!!" މިފަދައިންނެވެ. އެޖަމިއްޔައިން ނެރެފައިވާ ބަޔާނުގައި ވާގޮތުގައި "އިންސާނިއްޔަތާއި ޚިލާފު އެތައް ޖަރީމާއެއް ދުނިޔޭގެ އެންމެންގެ ކުރިމަތީގައި ފާޅުގައި ފަލަސްތީނުގެ މުސްލިމުންނަށް ކުރަމުންދާ ހައްދުފަހަނަ އަޅާފައިވާ އެންމެބޮޑު ޓެރެރިސްޓު ޖަމާޢަތަކީ އިޒްރާއީލްގެ ޒަޔަނިސްޓް ޔަހޫދީން ކަމުގައި ވާއިރު އެމީހުންގެ ނުރައްކާތެރިކަމާއިމެދު އިތުރަށް ވިސްނާނެ ޖާގައެއް ނެތް ކަމަށާއި މުސްލިމުންނަށް އަނިޔާކުރުމުގައި އ.ދ ގެ އެއްވެސް ނިންމުމަކަށް ބޯލަނބަން ނުޖެހޭ ޔަހޫދީންގެ ހަރުކަށި ޖަމާޢަތް ދިވެހިރާއްޖެއަށް ނުފޫޒުފޯރުވަމުންދާކަމީ ދިވެހިއުއްމަތް އެއްވެސް ޙާލެއްގައި ބަރުދާޝްތު ކުރާނޭ ކަމެއްނޫން." ކަމަށެވެ. އަދި "ދުނިޔޭގެ ތާރީޚްގައިވެސް ޔަހޫދީންނަކީ ޣަދަރުވެރި ޚަޞީލަތް ނުބައި އިސްލާމުންގެ މައްޗަށް ޢަދާވަތްތެރި، ނަސާރާއިންނާއި ޙަސަދަވެރި މުޅި އިންސާނިއްޔަތަށް އަތްގަދަކުރުމަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ބަޔެއްކަމުގައި ވެފައިވާތީ" ކަމަށެވެ.
ޖަމިއްޔަތުއްސަލަފްއިން މިފަދައިން ހާމަކޮށްފައިމިވަނީ މިއަދުގެ ސަރުކާރުން އިޒްރޭލާއި އެކު ގާތް ގުޅުމެއް ބާއްވަމުން އަންނަ ދުވަސްވަރެއްގައެވެ. އަދި އައިޖީއެމްއެޗްއަށް އިޒްރޭލުންގެ ޑޮކްޓަރުންގެ ޓީމެއް ޒިޔާރަތް ކުރުމަށް ވަގުތު ކުޑަތަން ވެފައި ވަނިކޮންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...