ދުނިޔެ 21 ޑިސެމްބަރަށް ތައްޔާރު ވުމުގެ ގޮތުން ބޮޑު ބޯޓެއް ބަނދެފި

21 ޑިސެމްބަރަށް ތައްޔާރު ވުމުގެ ގޮތުން ބޮޑު ބޯޓެއް ބަނދެފި

21 ޑިސެމްބަރަށް ތައްޔާރު ވުމުގެ ގޮތުން ބޮޑު ބޯޓެއް ބަނދެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

China-man-build-ark-05

މި އަހަރު 21 ޑިސެމްބަރ ވާ ހުކުރު ދުވަހު ޤުދުރަތީ ކާރިސާއެއް ހިނގާފާނެ ކަމަށް ބެލެވޭތީ، އެކަމަށް ތައްޔާރު ވުމުގެ ގޮތުން ބޯޓެއް ބަނދެފިއެވެ.

ޗައިނާގެ ރައްޔިތެއް ކަމުގައިވާ ލޫ ޒެންގހައި ނަމަކަށް ކިޔާ މީހަކު މި ބޯޓު ބަންނަންފެށީ 2010 ވަނަ އަހަރު އެވެ. މި މަސައްކަތް މިހާރު މުޅިން ފުރިހަމަ ކުރެވިފައިވާއިރު، މިބޯޓުގެ ބަރުދަނުގައި 140 ޓަނު ހުންނާނެ ކަމަށް ބެލެވެ އެވެ. އަދި ދިގުމިނުގައި 21 މީޓަރު އަދި ފުޅާމިނުގައި 15 މީޓަރު ހުރެ އެވެ. ބޯޓު ބަނދެ ނިމުމަށްފަހު އެބޯޓުގައި ކާބޯތަކެތި ރައްކާކުރުމުގެ މަސައްކަތް ކުރަމުންދާ ލޫގެ މި ބޯޓު ބަނުމުގެ މަސައްކަތް ފެށުނީ ނޫހުގެފާނުގެ ޒަމާނުގައި ކާފިރުވި މީހުންނަށް ކުރިމަތިވި ޤުދުރަތީ މުސީބާތާއި އެއްފަދަ ކާރިސާއެއް އެދުވަހު ހިނގާފާނެކަމަށް ދެކި، ދުނިޔެއަށް ބޮޑު ތޫފާނެއް އައިސް، ދަނޑު ބިންތަކާއި، ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ކަރަންޓްގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ވާނެކަމަށް  ޤަބޫލުކުރެވޭތީ އެވެ.

ލޫ ޒެންގހައި ބަނދެފައިވާ މިބޯޓާ ބެހޭގޮތުން ބައެއް މީހުން ފާޑުކިޔާ، އެކަމަށް ހޭދަކުރި ފައިސާއަކީ އިސްރާފެއް ކަމަށް ދެކެމުންދާއިރު، ލޫ ބުނަނީ " "2012.12.21ދުވަހުގެ ކާރިސާގައި ހުރިހާ ގެދޮރެއް ނެތި ހަލާކުވެގެންދާނެ. އަހަންނަށް މިބޯޓުގެ ސަބަބުން ފުރާނަ ސަލާމަތް ކުރެވިދާނެ" ކަމަށެވެ. އެދުވަހު އެފަދަ ކާރިސާއެއް ނުހިނގައިފި ނަމަ އެބޯޓު ވިއްކާލުމަށް ލޫ ހުރީ ނިންމައިގެންނެވެ.

21 ޑިސެމްބަރ 2012 ވާ ދުވަހު ދުނިޔެ ނިމި، ޤިޔާމަތް ވާނެ ކަމަށް ބައެއްމީހުން ޤަބޫލު ކުރެއެވެ. އައީ ދެކުނު މެކްސިކޯގެ ސަރަޙައްދުތަކުގައި އުޅުނު "މާޔަން" ނަމަކަށް ކިޔާ ބަޔަކު ތައްޔާރުކޮށްފައިވާ "މާޔާ ކަލަންޑަރު" ނިމޭނެ ދުވަހަކީ ވެސް މިދުވަހެވެ. އެހެންނަމަވެސް އެދުވަހު އެއްވެސް ކަމެއް ހިނގާނެ ކަމުގެ އެއްވެސް އިޝާރާތެއް ސައިންންސްވެރިންނަށް މިހާތަނަކަށް ފެނިފައިނުވެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.