އެހެނިހެން އެނގޭތަ: ނޭނގޭ ކަންކަމަށް “އެކްސް” ބޭނުންކުރަނީ ކީއްވެ؟

އެނގޭތަ: ނޭނގޭ ކަންކަމަށް “އެކްސް” ބޭނުންކުރަނީ ކީއްވެ؟

އެނގޭތަ: ނޭނގޭ ކަންކަމަށް “އެކްސް” ބޭނުންކުރަނީ ކީއްވެ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލްޖިބްރާގެ ނަމްބަރެއް ހަދާލިޔަސް، ނުވަތަ ގޮތް  ނޭނގޭ ކޮންމެ އެއްޗެއް ސިފަކުރިޔަސް މި ޒަމާނުގައި ޢާއްމުގޮތެއްގައި ބޭނުންކުރަނީ “އެކްސް” އަކުރެވެ. މިކަންކަމަށް އެކްސް އަކުރު ބޭނުންކުރަން ފެށިފައިވަނީ އަޞްލު ޢަރަބި ބަހުގެ ތެރެއިން ލާފައެވެ. ކުރީ ޒަމާނުގައި ޢަރަބިން އަލްޖިބްރާގެ ހިސާބު ހަދަމުން ދިޔައިރު ނޭނގޭ އަކުރު ރަމްޒުކޮށްދެނީ “ (ކޮންމެސް އެއްޗެއް) ކިޔާ އިރު އިންނަ “ޝީނު” އަކުރުންނެވެ. ޢަރަބިން ޔޫރަޕްގެ ބަސްތަކަށް މި “ޝީނު” ތަރުޖަމާކުރަން ބެލިއިރު މިއަޑު ނެރެވޭ އަކުރެއް ނެތުމުން ގްރީކް ބަހުގައި އިންނަ “ކައި” (χ) އަކުރު ބޭނުންކުރީއެވެ. ފަހުން ލެޓިން އަށް ބަދަލުކުރިއިރު “އެކްސް” އަކުރާ ސިފައިގެ ގޮތުން ވައްތަރުވާތީ މިހާރު ހިސާބު ފޮތްތަކުގައި މާގިނައިން “އެކްސް” ފެންނަނީއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.