"ޑިސިޝަން ޕޮއިންޓްސް" ގެ ނަމުގައި ބުޝް ފޮތެއް ނެރެފިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝް ލިޔެފައިވާ ފޮތް ނެރެފައިވަނީ މިދިޔަ އަންގާރަ ދުވަހުގައި ކަމަށް ހަބަރުތަކުން ބުނެއެވެ. ބުޝްގެ ވެރިކަމުގެ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައިވާ މިފޮތަށް ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. އެއީ ބުޝްގެ ވެރިކަމުގައި އެޅިފައިވާ 'ޅައެއްޗެހީ'ގެ ހަނދާންތައް މިފޮތުގައި ވަނީ ބަޔާންކޮށްފައެވެ. އެގޯސްތަކުގެ ވާހަކައާއި ކުރަން އުޅެފައި ދޫކޮށްފައިވާ ގޯސްތަކުގެ ވާހަކަތައްވެސް މިފޮތުގައި ބުޝް ވަނީ ލިޔެފައެވެ. މިފޮތުގައި ބުޝް ވަނީ ޢިރާޤަށް އަރައިގަތުމަށް އޭނާ ނިންމެވި ނިންމެވުމަކީ ހެއްދެވުނު ގޯހެއް ކަމަށް އެއްބަސްވެވަފައެވެ، އެހެނަސް އެއީ އޭރު ލިބެން ހުރި މައުލޫމާތުގެ އަލީގައި ކުރިކަމެއްކަމަށާއި އެކަމަށް މައާފަށް އެދެން ނުޖެހޭނެކަމަށްވެސް ވަނީ ލިޔެފައެވެ. މިފޮތުގައި ބުޝްގެ ރިޔާސީ ދައުރުގައި ނިންމެވި ބައެއް ނިންމުންތަކަށް ބަލާލާފައިވާއިރު ބުޝްގެ ޒާތީ ދިރިއުޅުއްވުމާބެހޭ ބައެއް ޙަޤީޤަތްތައްވެސް މި ފޮތުގައި ބަޔާންކޮށްފައި ވެއެވެ.
ބުޝް ލިޔެ ފޮތެއް ޝާއިއުކޮށްފައިމިވަނީ ޓޯނީ ބްލެޔާރވެސް ދާދިފަހުން ފޮތެއް ލިޔެ ޝާއިއުކޮށްފައިވަނިކޮންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...