އިޓަލީގެ މާފިޔާ ލީޑަރެއް ފިލައިގެން އުޅޭތާ 11 އަހަރު ފަހުން އަތުލައިގެންފިއެވެ.
އިޓަލީގެ މީޑިއާތަކުން ހަބަރު ލިބޭގޮތުގައި އިޓަލީގެ 'މޯސްޓް ވޯންޓަށް' 30 މީހުންގެ ތެރޭގައި ހިމެނޭ މިމީހާއަކީ 38 އަހަރުގެ ފިރިހެނެއް ކަމަށާއި މިމީހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ހަބަރުތައް ބުނާގޮތުގައި މީނާ ހޯދަމުންދަނީ މީހުންމެރުމުގެ އިތުރުން ތަފާތު ކުށްތަކުގައިކަމަށްވެއެވެ.
އިޓަލީގެ ފުލުހުން ހާމަކޮށްފައިވާގޮތުގައި އިޓަލީގެ ފުލުހުންގެ މަސައްކަތު އެންމެ ނުރައްކާތެރި 30 ކުށްވެރިންގެ ތެރެއިން 28 ކުށްވެރިން ހޯދާ ޖަލަށް ލާފައިވާކަމަށެވެ. އަދި ކުށްވެރިން ހޯދާ ޖަލަށްލާ ވަރަކަށް އިތުރު ނުރައްކާތެރި ކުށްވެރިން އިތުރުވަމުންދާކަމަށްވެއެވެ. އެގޮތުން އެފަދަ މާފިޔާތަކުގެ ނުރައްކާތެރި 16 ކުށްވެރިން 'ލިސްޓު' ކުރެވިފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...