ދުނިޔެ ކޮރަޕްޝަންގެ މައްސަލައެއްގައި މޮންގޯލިޔާގެ ކުރީގެ ރައީސް ޖަލަށް ލައިފި

ކޮރަޕްޝަންގެ މައްސަލައެއްގައި މޮންގޯލިޔާގެ ކުރީގެ ރައީސް ޖަލަށް ލައިފި

ކޮރަޕްޝަންގެ މައްސަލައެއްގައި މޮންގޯލިޔާގެ ކުރީގެ ރައީސް ޖަލަށް ލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮރަޕްޝަންގެ މައްސަލަތަކެއްގައި ކުށްވެރިވެގެން މޮންގޯލިޔާގެ ކުރީގެ ރައީސް ނަމްބަރް އެންޚްބަޔާރް 3 އަހަރަށް ޖަލަށް ޙުކުމް ކޮށްފިއެވެ.

އުމުރުން 54 އަހަރުގެ އެންޚްބަޔާރް ވަނީ މޮންގޯލިޔާގެ ރައީސްކަމުގެ އިތުރުން އެޤައުމުގެ ބޮޑުވަޒީރުކަންވެސް ކޮށްފައެވެ. އޭނާގެ ވެރިކަން ވެއްޓިފައިވަނީ 2009 ވަނަ އަހަރުއެވެ. ކުރީގެ ރައީސްވަނީ ހައްޔަރުކޮށްފައިވަނީ މިއަހަރުގެ އޭޕްރިލް މަހު ފުލުހުން ޓީވީއިން ވަގުތުން ދުރަށް ދައްކަމުން ހިންގި އޮޕަރޭޝަންއެއްގައެވެ.

އެންޚްބަޔާރް ކުށްވެރިވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރޭގައި ހޮޓަލެއް ޤާނޫނާއި ޚިލާފަށް ޕްރައިވަޓައިޒްކުރުމާއި، ދީނީ ގްރޫޕްތަކަކަށް ދޭންހަމަޖެހިފައިވާ "ހަދިޔާ"ތަކެއް އަމިއްލަކުރުންފަދަކަންކަން ހިމެނެއެވެ.

ކޯޓުގެ އަސްލު ޙުކުމުގައިވަނީ އެންޚްބަޔާރް 7 އަހަރަށް ޖަލަށްލުމަށެވެ. ނަމަވެސް އެމްނެސްޓީގެ ޤާނޫނަކުން އެކަމާއި ހުރަސްއަޅާތީ އެޙުކުމުގެ މުއްދަތުވަނީ 3 އަހަރަށް މަދުކޮށްފައެވެ.

މިޙުކުމުގެ ސަބަބުން ޕާލަމެންޓް އިންތިޚާބުގައި ކުރިމަތިލުމުގެ ފުރުސަތު ގެއްލިފައިވާ އެންޚްބަޔާރް ހާމަކުރިގޮތުގައި މިއީ ސިޔާސީ ކުލަވަރުޖެހިފައިވާ ޙުކުމެކެވެ.

"އަޅުގަނޑުވަނީ މިޤައުމުގެ ރައީސްކަމާއި، ބޮޑުވަޒީރުކަމާއި އަދި ޤާނޫނު ހަދާ މަޖިލީހުގެ ރައީސްކަންވެސް ކޮށްފަ. އަޅުގަނޑު އެއްގޮތަކަށްވެސް ހިތަކަށްނާރާ ސާބިތުނުހިފޭ މައްސަލަތަކެއްގެ މައްޗަށް ބަރޯސާވެގެން އަޅުގަނޑުގެ މައްޗަށް ޙުކުމް އިއްވާނެކަމަކަށް،" އެންޚްބަޔާރު ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.