ރާއްޖޭގެ ޚަބަރު ސީރިޔާގެ މައްސަލަ ހައްލުކުރުމަށާއި އަދި ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ރާއްޖެއިން އދ. އަށް ގޮވާލައިފި

ސީރިޔާގެ މައްސަލަ ހައްލުކުރުމަށާއި އަދި ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ރާއްޖެއިން އދ. އަށް ގޮވާލައިފި

ސީރިޔާގެ މައްސަލަ ހައްލުކުރުމަށާއި އަދި ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ރާއްޖެއިން އދ. އަށް ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

]ސީރިޔާގެ މައްސަލަ ޙައްލުކުރުމަށާއި އަދި ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމަށް ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޙްމަދު ސަރީރް އދ.ގެ ސަލާމަތާއި ބެހޭ ކައުންސިލަށް ގޮވާލައްވާފިއެވެ.

މެދުއިރުމަތީގެ މައްސަލައާއިމެދު އދ.ގެ ސަލާމަތާއި ބެހޭ ކައުންސިލުން ބޭއްވި އާންމު ޑިބޭޓުގައި ވާހަކަދައްކަވަމުން ސަރީރު ހާމަކުރެއްވިގޮތުގައި ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތެއް ބަލައިނުގެންފިނަމަ، މެދުއިރުމަތީގެ މައްސަލައަށް ސުލްހަވެރި ޙައްލެއް ހޯދުމަށް މަންފާކުރަނިވި މަޝްވަރާތަކެއް ބޭއްވުމަކީ އެއީ ވާނޭކަމެއް ނޫނެވެ.

ބައިނަލްއަޤްވާމީ މުޖްތަމަޢުން ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަތުމުން، ފަލަސްތީނުގެ ރައްޔިތުންނަށް އެޤައުމުގެ އަމިއްލަ އިޖްތިމާޢީ އަދި އިޤްތިސާދީ އޮނިގަނޑެއް ތަރައްޤީކުރުމަށް ފުރުސަތުދެވޭނެކަމަށްވެސް އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު ވިދާޅުވިއެވެ.

މިޑިބޭޓުގައި އިތުރަށް ވާހަކަދައްކަވަމުން ސަރީރްވަނީ ސީރިޔާގެ ސަރުކާރުން އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުން އަންނަ ޤަތުލުއާންމުތައް ކުށްވެރިކުރައްވާފައެވެ. އަދި ސީރިޔާގެ މައްސަލަ ޙައްލުކުރުމަށާއި އެޤައުމުގެ ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯދައިދިނުމަކީ އެއީ މުޅި ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށް އޭނާ ވިދާޅުވިއެވެ.

ސީރިޔާގެ މައްސަލަ އިތުރަށް ގޯސްނުވަނީސް އދ.ގެ ސަލާމަތާއިބެހޭ ކައުންސިލުން އެމައްސަލަ ހައްލުކުރުމަށް އެންމެއެކަށީގެންވާ ގޮތަށް މަސައްކަތްކުރައްވާނެކަމަށް އުއްމީދުކުރައްވާކަމުގައި ސަރީރު ހާމަކުރެއްވިއެވެ. މީގެ އިތުރުން، ސަރީރުވަނީ އދ.އާއި ޢަރަބިލީގުގެ ޖޮއިންޓް ސްޕެޝަލް އެންވޯއީ ކޯފީ އަނާން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތަޢުރީފްކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.