އިސްލާމިކް މިނިސްޓަރ، ޝެއިޚް މުޙައްމަދު ޝަހީމް އަލީ ސައީދަށް އެމްޑީޕީގެ ބަޔަކު ހަމަލަދޭން އުޅެފި ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ބަޔަކު ހަމަލަދޭން އުޅުނީ އެމްޑީޕީ މީހުން ޖަގަހަ ޖަހާފައިވާ އުސްފަސްގަނޑު ސަރަހައްދުގެ ބިއްދޮށު މަގުން، މިއަދު ހަވީރުގެ ވަގުތެއްގައި ކާރުގައި ވަޑައިގަންނަވަނިކޮށް ކަމަށެވެ. "ކާރު ހުއްޓުވައިގެން ހަތަރު ފަރާތުން ތަޅާ ހެދި. ދޮރު ހުޅުވައިގެން އަޅުގަނޑުގެ ގައިގައި ތަޅަންވެސް މަސައްކަތް ކުރި." މިނިސްޓަރު ވިދާޅުވި އެވެ.
އެ މަނިކުފާނަށް ޙިމާޔަތް ދިނީ އުސްފަސްގަނޑު ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑް ހިސާބުގައި ތިބި ފުލުހުންތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި މިއީ އެމްޑީޕީ މީހުން އެމަނިކުފާނަށް ހަމަލަދޭން އުޅުނު ތިންވަނަ ފަހަރު ކަމަށެވެ. އަދި މިއީ ޒަމާނުއްސުރެ އެމްޑީޕީ މީހުން އެމަނިކުފާނު ދެކެ އަންނަ ރުޅިން ދޭ ހަމަލަ ތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...