އަރަބިދުނިޔެ މަސްޖިދުއް ނަބަވީ ބޮޑުކުރުމަށް ސައުދީގެ ރަސްގެފާނު ނިންމަވައިފި

މަސްޖިދުއް ނަބަވީ ބޮޑުކުރުމަށް ސައުދީގެ ރަސްގެފާނު ނިންމަވައިފި

މަސްޖިދުއް ނަބަވީ ބޮޑުކުރުމަށް ސައުދީގެ ރަސްގެފާނު ނިންމަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


މަދީނާގައިވާ މަސްޖިދުއް ނަބަވީ 1.6 މިލިޔަނަށްވުރެ ގިނަ މުސްލިމުންނަށް އެއްފަހަރާ އަޅުކަންކުރެވޭ ވަރަށް ބޮޑުކުރެއްވުމަށް ދެ ޙަރަމްފުޅުގެ ޚާދިމް ސައުދީގެ ޢަބްދުﷲ ރަސްގެފާނު ނިންމަވައިފިކަމަށް ސައުދީގެ ފައިނޭންސް މިނިސްޓަރ އިބްރާހިމް އަލް އައްސާފް އިއްޔެ ހާމަކުރައްވައިފިއެވެ.

"މަސްޖިދުއްނަބަވީއަށް އިތުރުކުރެވޭ ބަޔަކީ ޢަބްދުﷲ ރަސްގެފާނު އިސްލާމްދީނަށާއި މުސްލިމުންނަށްކޮށްދެއްވާ ގިނަގުނަ ޚިދްމަތްތަކުގެ ތެރެއިން އެއްކަންެ. މިގޮތުން މަސްޖިދުއްޙަރާމް ބޮޑުކުރެއްވުމުގެ މަސައްކަތަކީ އެންމެފަހުން ކުރެވުނު މިފަދަ އެއްމަސައްކަތް." އަލްއައްސާފް ވިދާޅުވިއެވެ.

މަސްޖިދުއް ނަބަވީ ބޮޑުކުރުމުގެ ސަބަބުން ހައްޖުވެރިންނަށް ވަރަށް ބޮޑު ލުއިފަސޭހަވެގެންދާނެކަމަށާއި އަދި މިސްކިތުގައި އެއްވެސް އުނދަގޫކަމެއްނެތި ފަސޭހައިން އަޅުކަންކުރެވޭނޭ މަގުފަހިވެގެންދާނޭކަމަށްވެސް އަލްއްސާފް ހާމަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި މަސްޖިދުއްނަބަވީ ބޮޑުކުރުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. "ފުރަތަމަ ފިޔަވަހީގައި 800000 އަޅުވެރިންނަށް އަޅުކަން ކުރެވޭނޭ ގޮތަށް މިސްކިތުގެ ޖާގަ ބޮޑު ކުރެވޭނެ. އަދި ދެވަނަ އަދި ތިންވަނަ ފިޔަވަހީގައި ހަމައެވަރަށް ބޮޑު ކުރެވޭނެ. އަދި މުޅި ޕްރޮޖެކްޓް ނިމޭއިރު މިސްކިތުގައި ގާތް ގަނޑަކަށް 1.6 މިލިއަން މީހުންނަށް ނަމާދުކުރެވޭނެ،" އޭނާ ހާމަކުރެއްވިއެވެ.

މަސްޖިދުއްނަބަވީ މީގެ ކުރީގައި ދެފަހަރެއްގެ މަތިން ވަނީ މިފަދައިން ބޮޑުކުރެވިފައެވެ. އެންމެ ފުރަތަމަ ބޮޑު ކުރެވުނީ ރަސްގެފާނު ޢަބްދުލްޢަޒީޒް ގެ ދުވަސްވަރު 1949 އަހަރުގައެވެ. އަދި 1951 ގައި ފެށުނު މިމަސައްކަތް ނިންމުމަށް 9 އަހަރު ނެގިއެވެ. ދެވަނަ ފަހަރަށް މިސްކިތުގެ ޖާގަ ބޮޑު ކުރެވުނީ ރަސްގެފާނު ފަހުދުގެ ދުވަސްވަރުވެއެވެ. މިފަހަރު މަސައްކަތް ފަށާފައިވަނީ 1984 ގައެވެ. އަދި ބޮޑުކުރުމުގެ މަސައްކަތް ނިމުނީ 1994 ގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.