އޭޝިއާ ކަޝްމީރުގެ މުޒާހަރާ ހޫނުވެ 3 މީހުން މުޒާހަރާގައި ޝަހީދުކޮށްލައިފި

ކަޝްމީރުގެ މުޒާހަރާ ހޫނުވެ 3 މީހުން މުޒާހަރާގައި ޝަހީދުކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިސްމާއިލް އަފްރާހް

ކަޝްމީރުގެ މުޒާހަރާ ހޫނުވެ 3 މީހުން މުޒާހަރާގައި ޝަހީދުކޮށްލައިފިއެވެ.

ކަޝްމީރުގައި މިހާރު ކުރިއަށްދާ މުޒާހަރާ އިތުރަށް ހޫނުވެ 3 މީހަކު އިއްޔެ ޝަހީދުވެފައިވާކަމަށް ރިފޯޓްތަކުން ބުނެއެވެ. ކަޝްމީރުގެ އިންޑިއާގެ ފަޅީގައި ކުރިއަށްދާ މިމުޒާހަރާ އަކީ އިންޑިއާ އާއި މެދު ރައްޔިތުންގެ މެދުގައި އޮތް ހިތްހަމަނުޖެހުމުގެ ސަބަބުން ކުރިއަށްދާ މުޒާހަރާތަކެކެވެ. މުޒާހަރާތަކުގައި ކުޑަކުދިންނާއި އަންހެނުން ބިރެއް ނެތި މަގުތަކުގައި މުޒާހަރާ ކުރަމުންދާއިރު އިންޑިއާގެ ސިފައިންދަނީ އާންމުންނާއި ދެކޮޅަށް ހަތިޔާރުގެ ބޭނުންކުރަމުންނެވެ. އަދި ދެވޭ ހަމަލާތަކުގައި އާންމުންދަނީ ގިނަ އަދަދަކަށް މަރުވަމުންނެވެ. މިކަން އިންސާނީ ހައްޤުތަކާއި ބެހޭ ޖަމާއަތްތަކުން ދަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުންނެވެ.

ކަޝްމީރު ޖޫން މަހުން ފެށީގެން ކުރިއަށްދާ މުޒާހަރާތައް ހަމަޔަކަށް އެޅުވުމަށް އިންޑިޔާގެ އަޝްކަރިއްޔާގެ އިތުރު ސިފައިންވަނީ އެސަރަހައްދަށް ފޮނުވާފައެވެ. މިހާތަނަށް ސިފައިންގެ ހަމަލާތަކުގައި ކަޝްމީރުގެ 99 އާންމުންވަނީ ޝަހީދުވެފައެވެ.

ޓެގް

އޭޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.