ސޫރިޔާއިން ބޭރުގައި ދިރިއުޅެމުންދާ އެޤައުމުގެ ރަތްޔިތުން ގުޅިގެން މުޖާހިދުންނަށް އެހީވުމަށްޓަކާ 300 މިލިޔަން ޑޮލަރުގެ ފަންޑެއް އެއްކޮށްފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކަށް ނިސްބަތްވާ "ސޫރިޔަން ނެޝަނަލް ކައުންސިލް" (އެސް.އެން.ސީ)ގެ ސެކްރެޓަރީ ޖެނެރަލް ވައިލް މިރްޒާ ވިދާޅުވީ މިހާރުވެސް މިނިވަން ކަމަށްޓަކާ މަސައްކަތް ކުރަމުންދާ މުޖާހިދުންނަށް 150 މިލިޔަން ޑޮލަރު ޚަރަދު ކުރެވިފައިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ޤަބޫލުކުރަނީ މިފަންޑުގެ ސަބަބުން ސީރިޔާގެ މުޖާހިދުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް.އަދި ސީރިޔާގައި އަނިޔާ ލިބެމުންދާ ފަރާތްތަކާއި،ވިޔަފާރިވެރިންނާއި ދެމެދު ގާތް ގުޅުމެއްވެސް އުފެދިގެންދާނެކަމަށް" މިރުޒާ ވިދާޅުވިއެވެ.
މިރްޒާ އިތުރަށް ވިދާޅުވީ މިފަންޑް އެއްކުރުމުގެ މަސައްކަތް ކުރަމުންދަނީ ޤަތަރުގެ ވެރިރަށް ދޯހާގައި ކަމަށާއި، ޢަރަބި ޤަޢުމުތަކުގެ ވަރަށް ބޮޑު އެހީތެރިކަމެއް މިފަންޑަށް ލިބިގެންދާނެކަމަށް ވަރަށް ބޮޑަށް ބެލެވިފައިވާ ކަމަށެވެ.
ސޫރިޔާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގުޅިގެން ދުނިޔޭގެ ވަރަށް ގިނަ އިސްލާމުން ދަނީ ސަރުކާރާއި ދެކޮޅު މުޖާހިދުންނަށް އެހީތެރިވެދިނުމަށް ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. ސޫރިޔާގެ ރައީސް ބައްޝާރު މަރާލައިފި މީހަކަށް 450000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމެއް ދޭނެ ކަމަށް ސައުދީ އަރަބިއްޔާގެ ޢިލްމުވެރިއެއްކަމަށްވާ ޝައިހް އަލީ އަލްރުބައީ ވެސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...