ޝީޢީންނަށް ނިސްބަތްވާ ބަޚްރައިންގެ އިދިކޮޅު ޕާޓީއެއް ކަމަށްވާ އިސްލާމިކް އެކްޝަން ޕާޓީ ބަންދު ކުރުމަށް ޤާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް ބަޚްރައިންގެ ސަރުކާރުން ބުނެފިއެވެ.
ބަޚްރައިންގެ ޖަސްޓިން މިނިސްޓްރީ އިން ބުނެފައިވަނީ ސަރުކާރުން މިފަދަ ނިންމުމެއް މިނިންމީ އެޤައުމުގެ ސުންނީ މުސްލިމުންނާއި ދެކޮޅަށް ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް ތަފާތު ގިނަ ހަރަކާތް ތަކެއް އިސްލާމިކް އެކްޝަން ޕާޓީއިން ހިންގަމުންދާތީ އެކަންތައްތައް ހުއްޓުވުމަށް ކަމަށެވެ.
ބަޚްރައިންގެ ސަރުކާރުގެ ފަރާތުން އިސްލާމިކް އެކްޝަން ޕާޓީ ބަންދު ކުރުމާއި، މެދު ގޮތެއް ނިންމުމަށް އެޤަޢުމުގެ އަދުލު އިންސާފުގެ ދާއިރާއަށް އެމައްސަލަ ހުށައެޅުމަށް މިހާރު ނިންމާފައިވާ ކަމަށް ވެސް ބަޚްރައިންގެ ސަރުކާރުންވަނީ ހާމަކޮށްފައެވެ.
މިކަމާއި ގުޅިގެން އިސްލާމިކް އެކްޝަން ޕާޓީގެ ފަރާތުން ބުނެފައިވަނީ ސަރުކާރުގެ ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތަކަށް އެންމެހާ ޕާޓީތައް ތަބާކުރުވުންކަމަށާއި، ސަރުކާރުން އިސްލާމިކް އެކްޝަން ޕާޓީ ބަންދު ކުރުމަށް މަސައްކަތް ކުރަމުންދަނީ މީގެ 16 މަސް ކުރިން ޤަޢުމުގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުން ހަމައަކަށް އެޅުވުމަށްކަމަށެވެ،
ފަހަކަށް އައިސް އިސްލާމީ ޤަޢުމުތަކުގައި ސުންނީންނާއި، ޝީޢީންނާއި ދެމެދު ދަނީ ބޮޑެތި ހަމަނުޖެހުންތައް ހިގަމުންނެވެ.މިގޮތުން ސީރިޔާގެ ސަރުކާރުގެ ފަރާތުން ސުންނީ މުސްލިމުންނަށް އަމާޒުކޮށް ބޮޑެތި ޖަރީމާތަކާއި، ހައްދުފަހަނައަޅާފައިވާ ލާ އިންސާނީ ޢަމަލުތައް ހިންގަމުންދާ ކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...