ދިއިސްލާމް އިންތިޚާބާއި އެކު އަނެއްކާވެސް މިސްރު ހަމަނުޖެހުމެއްގެ ތެރެއަށް

އިންތިޚާބާއި އެކު އަނެއްކާވެސް މިސްރު ހަމަނުޖެހުމެއްގެ ތެރެއަށް

އިންތިޚާބާއި އެކު އަނެއްކާވެސް މިސްރު ހަމަނުޖެހުމެއްގެ ތެރެއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިންތިޚާބާއި ގުޅިގެން މިސްރުގައި މުޒާހަރާ ކުރަނީ،ފޮޓޯ:ސީޓީވީ ނިވްސް

މިސްރުގެ ރިޔާސީ އިންތިޚާބުގެ އެންމެ ކުރީގައި އުޅުންވާ ދެ ކެންޑިޑޭޓުން ކަމަށްވާ އަހްމަދު ޝަފީޤް އާއި މުހައްމަދު މުރުސީ އާއި ދެކޮޅަށް މިސްރުގައި މުޒާހަރާތަކެއް ކުރަމުން އެބަގެންދެއެވެ.

7000 ހެއްހާ މީހުން މިސްރުގެ އެލެޒެންޑޭރިޔާގެ މަގުތަކަށް މުޒާހަރާ ކުރުމަށް ނިކުމެފައިވާއިރު ޕޯޓް ސެއިޑް،ސުއެޒް އަދި އުތުރު ސަންޢާގެ އިތުރުން އެހެނިހެން ބައެއްޕްރޮވިންސް ތަކުގައިވެސް ހަޅުތާލު ކޮންމެވެސް ވަރަކަށް ކުރަމުންދާކަމަށް ރިޕޯޓް ތައް ބުނެއެވެ.

މުޒާހަރާ ކުރަމުންދާ މީހުން ބުނަމުންދަނީ މިސްރުގެ އާ ރައީސް ކަމުގެ މަޤާމަށް އަހުމަދު ޝަފީޤް އައުމަށް އެމީހުން ބޭނުން ނުވާކަމަށާއި، ޝަފީޤަކީ ހުސްނީ މުބާރަކްގެ ވެރިކަމުގައި މިސްރުގައި ހިންގި އަނިޔާވެރި ޢަމަލުތަކުގެ ބައިވެރިއެއް ކަމަށެވެ. އަދި މުހައްމަދު މުރުސީ ވެރިކަމަށް އައުމަށް އެމީހުން ބޭނުން ނުވަނީ މުރުސީ ނިސްބަތްވާ މުސްލިމް ބްރަދަރހުޑަކީ މިސްރުގެ ޕާރލިމެންޓްގެ މެޖޯރިޓީ ޕާޓީކަމަށްވިޔަސް އެޕާޓީއަށްވެސް ޤައުމަށްޓަކާ މާބޮޑެތި މަސައްކަތް ތަކެއް ކުރެވިފައި ނުވާތީ ކަމަށެވެ.

މުޒާހަރާގެ ބައެއް ބައިވެރިން މުރުސީ އާއި ޝަފީޤް އާއި ދެކޮޅަށް އަޑުއުފުލަމުން ދާއިރު މުޒާހަރާގެ ބައިވެރިންދަނީ މުބާރަކްގެ ވެރިކަމަށްފަހު އުފެއްދި މިލިޓަރީ ކައުންސިލަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އަންނަ ޖޫން މަހުގެ 16 އަދި 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓްލުން ބޮއިކޯޓް ކުރާނެ ކަމަށްވެސް އެފަރާތް ތަކުން ދަނީ ހާމަ ކުރަމުންނެވެ.

މި އިންތިޚާބަކީ ހުސްނީ މުބާރަކްގެ ވެރިކަމަށްފަހު މިސްރުގައި ބޭއްވޭ ފުރަތަމަ އިންތިޚާބެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.