
ކީރިތި ޤުރުޢާނާއި ބެހޭ މަރުކަޒުގެ ޤުރުޢާން ކިޔެވުމުގެ މުބާރާތް 2012 ގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން، ފޮޓޯ:ދިއިސްލާމް
މިއަހަރުގެ އެމް ބީ ސީ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އެމްބީސީ އިން ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ދޫކުރުން ޓީވީ މޯލްޑިވްސްއިންނާއި، ދިވެހިރާއްޖޭގެ އަޑުން ކޮންމެ ރަސްމީ ދުވަހެއްގެ ރޭގަޑު 10:00 އާއި ހަމައަށް އޮންނާނެކަމަށް އެމްބީސީ އިން މަޢުލޫމަތު ދެއްވައެވެ.
3 އުމުރުފުރާއަކަށް ބަހާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގައި 5 އަހަރާއި 7 އަހާރާއި ދެމެދުގެ އުމުރުފުރާއާޢި، 7 އަހަރާއި 10 އަހަރާއި ދެމެދުގެ އުމުރުފުރާއާއި، އަދި 10 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރު ފުރާގެ ދަރިވަރުން ބައިވެރިކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކޮށް 3 ޖޫން 2012 ގެ 22:00ގެ ކުރިން ޓިވީ އެމް އަށް ނުވަތަ ދިވެހިރާއްޖޭގެ އަޑަށް ހުށައެޅުމުންނެވެ.
މި މުބާރާތަކީ ރާއްޖޭގައި ކުރި އަރަމުން އަންނަ ޤުރުއާން ކިޔެވެމުގެ ފަންނު ކުރިއަރުވައި،އެކަން ކުރަމުންދާ ފަރާތްތަކަށް ހިތްވަރުދީ އެ ފަންނުގައި ކާމިޔާބު ހޯދާ ފަރާތްތަކުގެ އަގުވަޒަން ކުރުން ކަމަށް އެމް ބީ ސީ އިން މަޢުލޫމާތު ދެއްވައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...