ރާއްޖޭގެ ޚަބަރު މާލޭގެ ބައެއް މިސްކިތްތަކުގައި ޙަދީޘް ކިޔައިދިނުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ނިންމައިފި

މާލޭގެ ބައެއް މިސްކިތްތަކުގައި ޙަދީޘް ކިޔައިދިނުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ނިންމައިފި

މާލޭގެ ބައެއް މިސްކިތްތަކުގައި ޙަދީޘް ކިޔައިދިނުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތޮއިބާ މިސްކިތް. ދިއިސްލާމް ފޮޓޯ: އަޝްވާގު

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްތައް އާއްމުންނަށް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މާލޭގެ ބައެއް މިސްކިތްތަކުގައި ޙަދީޘް ކިޔައިދިނުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން ބުނީ  " ރިޔާޟުއްޞާލިހީން" ޙަދީޘް ފޮތުގައިވާ ޙަދީޘްތައް މާލޭގެ ބައެއް މިސްކިތްތަކުގައި ކޮންމެ ދުވަހަކު ޢަޞްރު ނަމާދަށްފަހު ކިޔައިދޭނެކަމަށާއި މީގެ އިތުރުން ވިލިމާލެ އާއި ހުޅުމާލޭގައިވެސް މިނިސްޓްރީން ކަނޑައަޅާ މިސްކިތްތަކުގައި މިޕްރޮގްރާމް އޮންނާނެ ކަމަށެވެ. އެގޮތުން މަސްޖިއްދުއްނޫރާއި މަސްޖިދުއްފުރުޤުނާއި ހުޅުމާލޭގައި ހުންނަ މަސްޖިއްދުއްޝައިހް މުހައްމަދު ޤާސިމް ބިން އަލްސާނީ އާއި ވިލިމާލޭގައި ހުންނަ މަސްޖިދުއް އިޚްލާޞްގައި މި ފޮތް މުތާލިއާ ކުރާނެ ކަމަށްވެސް އެމިނިސްޓްރީން ބުންޏެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތައް އެންމެ ފުރިހަމަ ގޮތެއްގައި އާއްމުންނަށް އޮޅުންފިލުވައިދިނުމުގެ ބޭނުމުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ މިޕްރޮގްރާމް އަތޮޅުތަކުގައިވެސް ކުރިއަށް ގެންދިއުމަށް ވިސްނާފައިވާކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ.

" ރިޔާޟުއްޞާލިހީން" މިފޮތަކީ އަލްއިމާމު ނަވަވީ ރަޙިމަހުﷲ އަރަބި ބަހުން ލިޔުއްވާފައިވާ ފޮތެކެވެ.މިފޮތުގެ ދިވެހި ތަރުޖަމާ ކުރެއްވާފައިވަނީ އަޙްމަދު ފާރޫޤް މުޙައްމަދެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.