އަރަބިދުނިޔެ އިޒްރޭލަށް ތެޔޮ ވިއްކުން މިސްރުން ހުއްޓާލައިފި

އިޒްރޭލަށް ތެޔޮ ވިއްކުން މިސްރުން ހުއްޓާލައިފި

އިޒްރޭލަށް ތެޔޮ ވިއްކުން މިސްރުން ހުއްޓާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިސްރުގެ ގޭސް ޕައިޕްލައިނެއް

މިސްރުގެ ގައުމީ ގޭސް ކުންފުނި، "އީގޭސް"އިން އިޒްރޭލަށް ތެޔޮ ވިއްކުން ހުއްޓާލާއިފިކަމަށް އެކުންފުނިން އިއްޔެ ހާމަކޮށްފިއެވެ.

އީސްޓް މެޑިޓޭރޭނިއަން ގޭސް ކޮމްޕެނީ (އީއެމްޖީ)ގެ ވިޔަފާރީގެ ބައިވެރިއެއްކަމުގައިވާ އެމްޕަލް އެމެރިކަން އިޒްރޭލް ކޯޕަރޭޝަނާއި އީގޭސްއިން ގުޅުން ކަނޑާލިކަން އަންގާ ލިޔެފައިވާ ސިޓީގައި ބުނެފައިވަނީ އިޒްރޭލާއެކު ވެފައިވާ އެއްބަސްވުން އުވާލައިފި ކަމަށާއި އަދި އިތުބާރު ނުހިފޭ ބަޔަކާއެކީ އެއްވެސް ގުޅުމެއް ބާއްވަން ބޭނުން ނުވާކަމަށެވެ.

އެމްޕަލް އެމެރިކަން އިޒްރޭލް ކޯޕަރޭޝަނާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތަކުން ބުނީ އެކަމަކީ އީގޭސްއިން ކުރި ވަރަށް މޮޔަކަމެއް ކަމަށާއި އަދި އެކަމުގެ ސަބަބުން މިސްރުގެ އިޤަތިސާދީ ހާލަތު ދަށްވެ އެމީހުންގެ ހާލަތު މީގެ 30 އަހަރު ކުރިން ތިބި ހާލަތަށް ވެއްޓިގެންދާނެ ކަމަށެވެ.

އީގޭސްއިން ބުނިގޮތުގައި އެކަމަކީ އެއްވެސް ގޮތެއްގައި އެދެގައުމުގެ ދޭތެރޭގައިވާ ޑިޕްލޮމެޓިކް ގުޅުމަށް ބުރޫއަރާނެ ކަމެއްނޫނެވެ. އަދި އެއީ ވިޔަފާރިއާ ގުޅުންހުރި ކަމެއްކަމަށްވެސް އެކުންފުނިން ހާމަކުރިއެވެ. އޭގެ އިތުރުން އެގުޅުން ކެނޑުމުގެ އެންމެ ބޮޑު ސަބަބަކީ އިޒްރޭލުން ފައިސާ ނުދައްކާތާ 4 މަސް ވެފައިވުން ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

ފަހަކަށް އައިސް ގިނަ ގައުމުތަކަކުން ދަނީ އިޒްރޭލަކީ އިތުބާރު ނުކުރެވޭ ޤައުމެއްކަމަށް ބުނެ އިޒްރޭލާދެމެދު އޮންނަ އެކި ގުޅުންތައް ކަނޑާލަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.