ސިރިޔާގެ ސިފައިންގެ ލާއިންސާނީ އަމަލުތަށް ދައްކާދޭ ވީޑިޔޯތަކެއް ސިރިޔާގެ ނޫސްވެރިޔަކު ބައިނަލްއަޤްވާމީ މީޑިޔާތަކާއި ހިއްސާކޮށްފިއެވެ.
ރަފިކު ލުތުފް ނަމަކަށް ކިޔުނު އަރަބި ނޫސްވެރިޔާވަނީ ސީއެންއެން، އަލް ޖަޒީރާ، ގަތަރު ބޮރޯޑުކާސްޓިން އަދި ބައެއް އަރަބި ސެޓަލައިޓު ޓީވީ ޗެނަލްތަކަށް ވެސް މިކަން ކަވަރު ކުރުމަށް ދައުވަތު ދީފައެވެ. އޭނާ ބުނި ގޮތުގައި މިކަމުގެ މަގްސަދަކީ ސިރިޔާގެ ސިފައިން ހިންގާ ޓެރެރިޒަމްގެ އަމަލުތަށް މުޅި ދުނިޔާއި ހިއްސާކުރުމެވެ. އަދި މިކަން ކަވަރު ކުރަމުން ދާ ނޫސްވެރިންނަށް ވަނީ ހަތިޔާރު އެޅި ގުރޫޕަކުން ހިމާޔަތް ދީފައެވެ.
12 ގަޑިއިރަށް ދިގު ދެމިގެން ދިޔަ ދުންގަނޑު ދިޔުމުން ފުރަތަމަ ލައިވް ކަވަރޭޖެއް ނެގުނީ ސީއެންއެން އަދި އަލް ޖަޒީރާ އަށެވެ. އަދި ސީއެންއެންގެ ރިޕޯޓަރ "އަރުވާ ދަމޮން" ބާރު ގަދަ ގޮވުންތަކާއި މެދު ވާހަކަ ދައްކަމުން ދިޔަވަގުތުގައި ވެސް ވަނީ ލައިވް ގޮވުންތަށް ކެމެރާތަކަށް އަރާފައެވެ. އަދި ސިޓީގެ އެކި ސަރަޙައްދު ތަކުގައި ވަނީ ސީއެންއެން އަދި އަލް ޖަޒީރާގެ ކެމެރާތަށް ހަރު ކުރެވިފައެވެ.
ނޫސްވެރިން ހާމަ ކުރިގޮތުން ސިރިޔާގެ ހޮމްސް ސިޓީ ވަނީ ސިރިޔާގެ ސިފައިންގެ ބާރުގެ ދަށުގައެވެ. ސިރިޔާގައި ކުރިއަށް މިދާ ހަމަނުޖެހުންތަކަކީ 2011 ވަނަ އަހަރުގެ މާރޗް މެދުތެރެއިން ފަށައިގެން ކުރިޔަށް ދާ ހަމަނުޖެހުންތަކެއެވެ. އަދި މިކަމުގެ ސަބަބުން ސިރިޔާގެ އެއްތަ ހާސް އާއްމު ރައްޔިތުންނެއް ވަނީ މަރުވެފައެވެ. ދިމިސްކުން މިކަން ކުރަނީ ހަތިޔާރު އެޅި ޖަމާއަތަކުން ކަމަށް ބުނާއިރު ސިރިޔާގެ ހުޅަނގު ބިތުގެ ސިޓީތަކުގެ މީހުންނާއި އަދި އިދިކޮޅު ސިޔާސީ މުފައްކިރުން ބުނަމުން ދަނީ މި ހުރިހާ ކަމެއްގެ މުގުލުގައި ވަނީ ސަރުކާރު ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...