މިދިޔަ ހަފުތާގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އިޒްރޭލުން ގަދަ ކަމުން ފޭރި ގަނެގެން އުޅޭ ފަލަސްތީނު މުސްލިމުންގެ ބިންތަކުގެ މައްސަލަ ބަލާނެ ކަމުގައި ބުނުމުން އިޒްރޭލުން އެ ކައުންސިލާ ގުޅުން ކަނޑާލައިފިއެވެ..
އިޒްރޭލުގެ ޚާރިޖިއްޔާގެ ތަރުޖަމާން ޔިގާލް ޕަލްމޯ ބުނެފައި ވަނީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލާ އެކު އެއްވެސް ގުޅުމެއް ނުބޭއްވުމަށް އިޒްރޭލުން ނިންމާފައި ވަނީ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަކީ ވަކިކޮޅަކަށް ޖެހި މަގުސަދު އޮޅިފައިވާ ކައުންސިލެއްކަމުގައި ވާތީކަމަށެވެ.
ނަމަވެސް އދ. ގެ މި ކައުންސިލުން ވަނީ މިމައްސަލަ ބެލުމަށްޓަކައި ފުރަތަމަ ފަހަރަށް ގަރާރެއް ނެރިފައެވެ. އަދި އިޒްރޭލުގެ މިނިންމުމާ މެދު ހިތާމަކުރާކަމަށް ބުނަމުން ކައުންސިލުން ވަނީ އިޒްރޭލުން މިކަމަށް އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. ހަމާސް ޖަމާއަތުން ބުނެފައި ވަނީ އިޒްރޭލުން މިހެން ހެދުމުގެ މަގްސަދަކީ ބައިނަލްއަގުވާމީ ފަރާތްތަކަށް ބިރު ދެއްކުން ކަމުގައެވެ.
ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އާބަދުވުގެ މައްސަލަ ތަހުގީގުކުރަން ފެނޭތޯ ނެގި ވޯޓުގައި އެމެރިކާއިން ވަނީ އިދި ކޮޅަށް ވޯޓު ދީފައެވެ. ނަމަވެސް 10 މެންބަރުން ފިޔަވާ ބާކީ ތިބި 36 މެމްބަރުން ވަނީ ރުހުން ދީފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...