ރާއްޖޭގެ ޚަބަރު ދީނީ އިލްމުވެރިންގެ ދެވަނަ މަހާސިންތާ އަންނަ ޖުލައި މަހުގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައި: އިސްލާމިކް މިނިސްޓަރ

ދީނީ އިލްމުވެރިންގެ ދެވަނަ މަހާސިންތާ އަންނަ ޖުލައި މަހުގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައި: އިސްލާމިކް މިނިސްޓަރ

ދީނީ އިލްމުވެރިންގެ ދެވަނަ މަހާސިންތާ އަންނަ ޖުލައި މަހުގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައި: އިސްލާމިކް މިނިސްޓަރ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިލްމުވެރިންގެ މަހާސިންތާގެ ތެރެއިން -- ދިއިސްލާމް ފޮޓޯ: އިބްރާހިމް އަޝްވާގު

ދީނީ އިލްމުވެރިންގެ ދެވަނަ މަހާސިންތާއެއް އަންނަ ޖުލައި މަހު ބޭއްވުމަށް ހަމަޖައްސާފައިވާކަމަށް އިސްލާމިކް މިނިސްޓަރ އައްޝައިޚް މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މަހާސިންތާ ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށާއި އެ މަހާސިންތާ މައިގަނޑު އަމާޒުކުރާނީ އިސްލާމްދީނާމެދު ބައެއް ފަރާތްތަކުންކުރާ ކުށްހީ ތަކުގެ މައްޗަށް ކަމަށެވެ.

މި މަހާސިންތާ އިފްތިތާހު ކޮށްދެއްވުމަށް ބޭރުގެ އިލްމުވެރިން ގެންނަން ފޮރިން މިނިސްޓްރީއާ މަޝްވަރާކުރައްވަމުން ގެންދަވާކަމަށާއި އަދި ބޭރުގެ އެކި ފަރާތްތަކަށް ދައުވަތު ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ޖުލައި މަހު ބޭއްވުމަށް މަސައްކަތްކުރާ މަހާސިންތާ އަޑު އެހުމަށް އާންމުންނަށާއި ނޫސްވެރިންނަށް ހުޅުވާލައްވާނެކަމަށް އިސްލާމިކް މިނިސްޓަރ މުހައްމަދު ޝަހީމު ވިދާޅުވިއެވެ.

2011 ވަނަ އަހަރު ޑިސެމްބަރ 31 އިން މިއަހަރު ޖެނުއަރީ މަހުގެ 1  އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އިލްމުވެރިންގެ މަހާސިންތާގައި 60 އަށް ވުރެ ގިނަ އިލްމުވެރިން ބައިވެރިވެފައިވެއެވެ. އަދި އެ މަހާސިންތާގައި ތަފާތު މައުޟޫތަކަށް ވާހަކަ ދެކެވި ކަރުދާސްތައް ހުށައަޅާފައިވެއެވެ.

ޓެގް

ދީނީ އިލްމުވެރިންގެ މަހާސިންތާ އިލްމުވެރިން އިސްލާމިކް މިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.