އަންހެން ފުޓް ބޯޅަ ކުޅުންތެރިންނަށް ބުރުގާ އަޅައިގެން ކުޅުމަށް ހުއްދަ ކުރުމަށް ކުރާ މަސައްކަތްތަށް އދ އިން ތާއީދުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އީރާންނުން ހާމަ ކޮށްފައިވާ އދގެ ބަޔާނުގައި ވާގޮތުން އދ.ގެ ކުޅިވަރާއި ބެހޭ ވުޒާރައިގެ ސެކެޓަރީ ޖެނެރަލް ވިލްފަރިޑް ލެމްކު ބުނެފައިވަނީ "ވަކި ޖިންސަކަށް، ނަސްލަކަށް އަދި ދީނަކަށް ބެލުމެއް ނެތި ކޮންމެ މީހަކަށް ވެސް ދުނިޔޭގެ އެންމެ މަޝްހޫރު ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުން އެއީ ފީފާގެ މަސްއޫލިއްޔަތެއްކަމަށެވެ." ލެމްކު އިތުރަށް ބުނެފައިވަނީ ފުޓްބޯޅަނޫން އެހެން ކުޅިވަރުތަކުގައިވެސް ބުރުގާ އަޅައިގެން ކުޅުމުގެ ހުއްދަ ދީފައިވާކަމަށާއި އަދި އޭނާ އުންމީދަކީ ފީފާއިން ވެސް ބުރުގާ އަޅަން ބޭނުންވާ އަންހެން ކުޅުންތެރިންނަށް އެމަގު ފަހި ކޮށްދޭނެކަމަށެވެ.
އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިއެފްއޭބީ)އިން ދަނީ އަންހެން ކުޅުންތެރިން ބުރުގާ އަޅައިގެން ކުޅުމަށް ހުއްދަ ކުރުމާއި ބެހޭ ގޮތުން ޤަވާޢިދަށް ގެންނަން ޖެހޭ ބަދަލުތަށް ގެނުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގައި ބާއްވާ އެބޯޑުގެ އަހަރީ ބައްދަލުވުމުގައިއެވެ.
ފީފާ އަދި އައިއެފްސީގެ ފަރާތުން މިމަސައްކަތުގައި ޢަމަލީގޮތުން އުޅުއްވަނީ ފީފާގެ ނައިބު ރައީސް އަލީ ބިން އަލް ޙުސެއިންއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...