އަރަބިދުނިޔެ ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމުގައި މިހައިތަނަށް 7500 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އދ. އިން ހާމަކޮށްފި

ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމުގައި މިހައިތަނަށް 7500 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އދ. އިން ހާމަކޮށްފި

ސީރިއާގައި ހިނގަމުންދާ ހަމަނުޖެހުމުގައި މިހައިތަނަށް 7500 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އދ. އިން ހާމަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިދިކޮޅުފަރާތްތަކާއި ސީރިއާގެ ޚުދުމުޚްތާރު ސަރުކާރައި ދެމެދު ހިނގަމުން އަންނަ ހަމަނުޖެހުމަށް އެއްއަހަރު ފުރިފައިވާއިރު މިހައިތަނަށް 7500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އދ. އިން ހާމަކޮށްފިއެވެ.

ސީރިއާގައި ހިނގަމުން އަންނަ މިހަމަނުޖެހުންތަކުގައި ދުވާލެއްގެ މައްޗަށް 100 އަށް ވުރެ ގިނަ މީހުން މަރުވާކަމަށް މަޢުލޫމާތު ލިބެމުން އަންނަ ކަމަށާއި އަދި މި ހަމަނުޖެހުމުގައި 100،000 އާއި 200،000 ދެމެދުގެ އަދަދެއްގެ ރައްޔިތުން ތިބީ ބިކަ ހާލުގައި ޖެހިފައިކަމަށް އދ. އިން ބުނެފައިވެއެވެ.

އދ. އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ސިރީއާގެ ރައްޔިތުންގެ ތެރެއިން 25،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ރެފިއުޖީންގެ ގޮތުގައި ރެޖިސްޓަރކޮށްފައެވެ.

ދުނިޔޭގައި އެންމެންނަށް ފެންނަތާނގާއި ހާމަޔަށް ސީރިއާގެ ރައްޔިތުންގެ ލޭއޮހޮރުވަމުން އެޤައުމުގެ ސަރުކާރުން ދާއިރު  ސީރިއާގެ ރައީސް ބައްޝާރުލް އަސަދު އެންމެފަހުން ބުނެފައިވާގޮތުގައި އެޤައުމުގައި ކުރިއަށްދާ ހަމަނުޖެހުންތަކުގައި ހާހުންހާހުން މީހުން މަރުވެފައިވާކަމަށް ދެކެވޭ ވާހަކަތަކުގައި ވަރަށްބޮޑު އޮޅުވާލުންތައް ހިމެނޭ ކަމަށެވެ.  އަދި އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިޔާސީ އެތައް ކަންތަކެއް ހިމެނޭ ކަމަށާއި ޤައުމަށް އިސްލާހީ ބަދަލުތައް ފުރިހަމަ ގޮތުގައި ގެނައުމަށްޓަކައި ސަރުކާރަށް ފުރުޞަތު ދޭންޖެހޭނެ ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.