ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެރިކާގެ ނުފޫޒު ކުޑަވަމުން އަންނަ ކަމަށް އަލްގައިދާގެ ވެރިޔާ އައިމަން އަލް ޒަވާހިރީ ވިދާޅުވެއްޖެއެވެ. އަދި އެމެރިކާއާ ދެކޮޅު ހަރަކާތްތަކަށް ހިންގާ ފަރާތްތަކަށް ހިތްވަރުދީ މަރުހަބާ ވިދާޅުވެއްޖެއެވެ.
ޖިހާދިސްޓް ފޯރަމެއްގައި ޝާއިއުކޮށްފައިވާ 24 މިނެޓްގެ އޯޑިއޯ މެސެޖެއްގައި ވާހަކަފުޅު ދައްކަވަމުން ޒަވާހިރީ ވިދާޅުވީ އެމެރިކާގެ ދިފާއީ ވުޒާރާގެ ބަޖެޓް ކުޑަކުރަން މަޖުބޫރުވުމަކީ އެމީހުންގެ ނުފޫޒު ދުނިޔެއިން ކުޑަވަމުން ދާކަމުގެ ހެއްކެއް ކަމަށާއި އެމެރިކާ އިން އިރާގާއި އަފްޣާނިސްތާނު ހަނގުރާމަ އަށް 553 ބިލިއަނަށް ހޭދަކޮށްފައިވާ ކަމަށާއި އަދި 2001 އަހަރަށް ފަހު އެމެރިކާއިން ބަޖެޓް ކުޑަ ކުރި ފުރަތަމަ ފަހަރުކަމަށް ވެސް ޒަވާހިރީ ވިދާޅުވިއެވެ. އަދި މިފަހަރު ފާސްކޮށްފައި ވާ ބަޖެޓުން 871 ބިލިއަން ޑޮލަރު 708 ޑޮލަރަށް ދަށް ކޮށްފައިވެއެވެ.
އިރާގުން އެމެރިކާ ސިފައިން ފޭބީ އެ ނޫން އެހެން ގޮތެއް ނެތިގެން ކަމަށާއި އަދި ﷲގެ އިރާދަފުޅު އެމެރިކާއަށް ނާކާމިޔާބު ވެ އަފްޣާނިސްތާނުން ވެސް ފައިބަން މަޖުބޫރު ވާނެކަމަށް ޒަވާހިރީ ވިދާޅުވިއެވެ. ޒަވާހިރީގެ ވާހަކަ ނިންމަވާލަށް ވަމުން ވިދާޅުވީ އެމެރިކާއާ ދެކޮޅަށް ހަނގުރާމަކުރާ މުޖާހިދުންނަށް ﷲ ތައާލާ ނަސްރުދެއްވަމުން ގެންދަވާ ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...