އަރަބިދުނިޔެ މަސްޖިދުލް އަޤްޞާގައި ޔަހޫދީންގެ އިސްތިޢުމާރީ ފުލުހުންނާއި ފަލަސްތީނުގެ ރައްޔިތުންނާއި ކުރިމަތިލުންތަކެއް ހިނގައިފި

މަސްޖިދުލް އަޤްޞާގައި ޔަހޫދީންގެ އިސްތިޢުމާރީ ފުލުހުންނާއި ފަލަސްތީނުގެ ރައްޔިތުންނާއި ކުރިމަތިލުންތަކެއް ހިނގައިފި

މަސްޖިދުލް އަޤްޞާގައި ޔަހޫދީންގެ އިސްތިޢުމާރީ ފުލުހުންނާއި ފަލަސްތީނުގެ ރައްޔިތުންނާއި ކުރިމަތިލުންތަކެއް ހިނގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ މުޙައްމަދު ސިފާހް ސަޢީދު

މަސްޖިދުލް އަޤްޞާއަށް ވަނުން މުސްލިމުންނަށް މަނާކުރުމަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވެބްސައިޓުތަކުން ގޮވާލުމުގެ ސަބަބުން އަލްއަޤްޞާގައި ފަލަސްތީނުގެ ރައްޔިތުންނައި ޔަހޫދީ އިސްތިޢުމާރީ ފުލުހުންނާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ހިނގި މި ހަމަނުޖެހުމުގައި ޔަހޫދީ އިސްތިޢުމާރީ ފުލުހުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ވަރަށް ބޮޑަށް ބާރުގެ ބޭނުންކޮށްފައެވެ. ހަތަރު މީހަކު ހައްޔަރުކޮށްފައިވާއިރު، މުސްލިމުންނަށް ސްޓަން ގަންއާއި އެހެނިހެން ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީފައިވެއެވެ.

"އަޅުގަނޑުމެން ނަމާދުކުރަމުން ދަނިކޮށް ކަރުނަ ގޭހާއި ސައުންޑް ބޮން އަޅުގަނޑުމެންނާއި ދިމާލަށް އުކާފައިވަނީ. ފުރަތަމަ ހަމަލާދިނީ ސީދާ އަލްއަޤްޞާ މިސްކިތައް. ދެން އެއަށްފަހު އަޅުގަނޑުމެން ޤުއްބަތުއް ޞަޚްރާ މިސްކިތަށް އަޅުގަނޑުމެން ފިލަން ވަނުމުން އެތަނުގެ މައިދޮރާށްޓައް ހަމަލާދޭންފެށީ،" އެތަނުގައި ހުރި 58 އަހަރުގެ ފަލަސްތީނުގެ ރައްޔިތަކު އޭއެފްޕީއަށް ކިޔާދިނެވެ.

"އަންހުންތައް ފުރަތަމަ ތިބީ ސިހުމެއްގެ ތެރޭގައި. ނަމަވެސް، އިސާތިހަތު އެންމެން އެއް އަޑަކަުން ތަކްބީރު ކިޔަންފެށި،" އޭނާ ހާމަކުރިއެވެ.

ފަލަސްތީނުގެ އެކި ހިސާބުތަކުގައި އެޤައުމުގެ ރައްޔިތުންދަނީ މަގުތަކަށް ނިކުމެ ޔަހޫދީ އިސްތިޢުމާރުގެ ލާއިންސާނީ ހަމަލާތަކާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.