ރާއްޖޭގެ ޚަބަރު 23 ޑިސެމްބަރ އިއްތިހާދުގެ ބޮޑު މަހާސިންތާގައި ބައިވެރިވުމަށް 8000އަށް ވުރެ ގިނަ މީހުން މާލެ އަތުވެއްޖެ

23 ޑިސެމްބަރ އިއްތިހާދުގެ ބޮޑު މަހާސިންތާގައި ބައިވެރިވުމަށް 8000އަށް ވުރެ ގިނަ މީހުން މާލެ އަތުވެއްޖެ

23 ޑިސެމްބަރ އިއްތިހާދުގެ ބޮޑު މަހާސިންތާގައި ބައިވެރިވުމަށް 8000އަށް ވުރެ ގިނަ މީހުން މާލެ އަތުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފޮޓޯ ދިއިސްލާމް : އިސްމާޢީލް އަފްރާހް

23 ޑިސެމްބަރ އިއްތިހާދުން މިއަދު ހަވީރު 4:00 ޖަހާއިރު އަރޓިފިޝަލް ބީޗްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ބޮޑު މަހާސިންތާ"ގައި ބައިވެރިވުމަށްޓަކައި އަތޮޅު ތެރޭގެ ރަށްތަކުން މިހާތަނަށް 8000 އަށް ވުރެ ގިނަ މީހުން މާލެ އައިސްފައިވާކަމަށް އެއިއްތިހާދުން ހާމަކުރައްވައިފިއެވެ.

ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ މީޑިއާ ކޯޑިނޭޓަރ ޢަލީ ޞާލިޙް މިއަދު ވިދާޅުވިގޮތުގައި ބޮޑު މަހާސިންތާގައި ބައިވެރިވުމަށް މިހާތަނަށް މާލެ އައިސްފައިވަނީ 8000 މީހުންކަމަށް ވިނަމަވެސް މާލެއައުމަށްޓަކައި ޖުމްލަ 15000 މީހުން ނަންނޯޓް ކޮށްފައިވާކަމަށެވެ.

އިއްތިހާދުން މަޢުލޫމާތު ދެއްވާފައިވާގޮތުގައި ހދ. އާއި ބ. އާއި ޅ. އަތޮޅު އަދި ލ. އަތޮޅުންނާއި އަދި އައްޑޫ ސިޓީންވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަހާސިންތާ އަށް މާލެ އައިސްފަ އެވެ. އެ ގޮތުން އުތުރުގެ އެންމެ ބައިބޯ ރަށް ކުޅުދުއްފުށީގެ ތިން އުޅަނދަކުން ގިނަ ބަޔަކު މިއަދު ހެނދުނު މާލެ ފޭބި އެވެ. މީގެ އިތުރުން ނައިފަރުން އެކަނި ވެސް ގާތްގަނޑަކަށް 400 މީހުން ވަނީ މާލެ އައިސްފައި ކަމަށް އިއްތިހާދުން ހާމަކުރައްވާފައިވެއެވެ.

35 އަށް ވުރެ ގިނަ އުޅަނދުފަހަރުން މިހާރު މާލެއަށް މީހުން އައިސްފައިވައި ކަމަށް ޢަލީ ޞާލިޙް ހާމަކުރައްވާފައިވާއިރު އަދި އިތުރު 7000 މީހުން މާލެ އަންނާނެ ކަމަށް ލަފާކުރެވޭކަމަށްވެސް އިއްތިހާދުން މަޢުލޫމާތު ދީފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.