ރާއްޖޭގެ ޚަބަރު ސަރުކާރުގެ ރަސްމީ ގަޑި ކުރިއެކޭ އެއްގޮތަށް ބަދަލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ތާޢީދު ކުރާކަމަށް އެކޮމިޝަނުން ހާމަކޮށްފި

ސަރުކާރުގެ ރަސްމީ ގަޑި ކުރިއެކޭ އެއްގޮތަށް ބަދަލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ތާޢީދު ކުރާކަމަށް އެކޮމިޝަނުން ހާމަކޮށްފި

ސަރުކާރުގެ ރަސްމީ ގަޑި ކުރިއެކޭ އެއްގޮތަށް ބަދަލުކުރުމަށް ސިވިލް ސަރވިސް ކޮމިޝަނުން ތާޢީދު ކުރާކަމަށް އެކޮމިޝަނުން ހާމަކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރިއެކޭ އެއް ގޮތަށް ސަރުކާރުގެ ރަސްމީ ގަޑިއަކީ، ހެނދުނު 30: 7 އިން މެންދުރު 30: 2 އަށް ހެދުމަށްޓަކައި ކެބިނެޓުން އިއްޔެ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ސިވިލް ސަރވިސް ކޮމިޝަނުން ތާޢީދު ކުރައްވާކަމަށް އެކޮމިޝަންގެ ރައީސް މުޙައްމަދު  ފަހުމީ ހަސަން މިއަދު ހާމަކުރައްވައިފިއެވެ.

ފަހުމީ ވިދާޅުވިގޮތުގައި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ސަރުކާރުގެ ރަސްމީގަޑި  ހެނދުނު  00: 8 އިން ހަވީރު  00: 4 އަށް  ބަދަލު ކުރެއްވުމުން ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ކުރިއެކޭ އެއގޮތަށް ރަސްމީ ގަޑި ބަދަލުކުރެއްވުމަށް ހުށަހަޅުއްވާފައެވެ. އަދި ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު ވެރިކަމާއި ހަވާލުވެލެއްވުމުން ސަރުކާރަށް އަނެއްކާވެސް މިކަން ދަންނަވާފައިވާނެކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.

ސަރުކާރުގެ ރަސްމީ ގަޑި ކުރިއެކޭ އެއްގޮތަށް  ހެނދުނު 30: 7 އިން މެންދުރު 30: 2 އަށް ބަދަލުކުރުމުން މުވައްޒަފުންގެ މުސަރާއާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެނައުމަށް ކޮމިޝަނުން ތާޢީދުނުކުރައްވާކަމަށް ފަހުމީ ވިދާޅުވިއެވެ.

ރަސްމީ ގަޑި ކުރިއެކޭ އެއްގޮތަށް ބަދަލުކުރުމުން މުވައްޒަފުންނަށާއި ސަރުކާރަށް ވަރަށް ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާނެކަމަށާއި ، މިގޮތުން ބަލާއިރު ދައުލަތުގެ ޚަރަދު ވަރަށް ބޮޑު ތަން ކުޑަވެގެންދާނެކަމަށާއި  މުވައްޒަފުންނަށް އެހެން ވަޒީފާތަކަށް ދިއުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ހާމަކުރެއްވިއެވެ.

 ފަހުމީ އިތުރަށް ވިދާޅުވިގޮތުގައި ކުރިއެކޭ އެއްގޮތަށް ހެނދުނު 30: 7 އިން މެންދުރު 30: 2 އަށް ބަދަލުވުމުން މުވައްޒަފުންގެ މަސައްކަތުގެ އަޚްލާގު ރަނގަޅުކުރުމަށާއި އަދި ޒަރޫރީ ބޭނުކަމަށް ނޫނީ މަސައްކަތުގެ ވަގުތުގައި ބޭރަށް ނުދިއުމަށް ކޮމިޝަނުން އިލްތިމާސް ކުރައްވާކަމަށްވެސް ހާމަކުރެއްވިއެވެ.

އަދި މީގެއިތުރުން، ސަރުކާރުގެ ރަސްމީ ގަޑި މެންދުރު  30: 2 އާ ހަމައަށް ހަމަޖައްސާނީ، ސިވިލް ސާވިސް ގާނޫނުގައިވާ ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ގައި ކަމަށްވެސް ކޮމިޝަންގެ ރައީސް ވިދާޅުވެފައިވެއެވެ..

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.