ރާއްޖޭގެ ޚަބަރު މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް ޝައިޚް ޝަހީމް އައްޔަނުކޮށްފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް ޝައިޚް ޝަހީމް އައްޔަނުކޮށްފި

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް ޝައިޚް ޝަހީމް އައްޔަނުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކު، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ މަޤާމަށް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައި، އެދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

 ޝައިޚް ޝަހީމާއި އަދި ޑރ.މުއިއްޒުއަށް މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، މިދެބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.

 ޝައިޙް ޝަހީމަކީ ޢަދާލާތު ޕާޓީގެ އިސްތަރުޖަމާނުގެ އިތުރުން ކުރީ ސަރުކާރުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

 މީގެ އިތުރުން ރައީސް ޑރ. ވަހީދު، މިނިސްޓަރ ސްޓޭޓް ފޮރ ފޮރިން އެފެއާޒް ކަމުގެ މަގާމަށް މައްޗަންގޮޅި ކިނބިގަސްދޮށުގޭ އަލްފާޟިލާ ދުންޔާ މައުމޫން ޢައްޔަން ކުރައްވައި، އެކަމަނާއަށް މަގާމުގެ ފަތްކޮޅުވެސް މިއަދު ވަނީ ދެއްވައިފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.