ދަރުސް ޚަބަރު އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ޚާއްސަ ދީނީ ދަރުސެއް ބާއްވާ ގޮތަށް ހަމަޖައްސައިފި

އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ޚާއްސަ ދީނީ ދަރުސެއް ބާއްވާ ގޮތަށް ހަމަޖައްސައިފި

އިސްލާމިކް މިނިސްޓްރީއާއި ފުލުހުން ގުޅިގެން ޚާއްސަ ދީނީ ދަރުސެއް ބާއްވާ ގޮތަށް ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަރަކާތްތެރި ރަމަޟާން މަހަށް މަރުޚަބާ ކިޔުމަށް ތައްޔާރުވަމުންދާ މިދަނޑިވަޅުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ޚާއްސަ ދީނީ ދަރުސެއް 09 އޯގަސްޓް 2010 ވަނަ ދުވަހުގެ ރޭ ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

ހޯމަދުވަހުގެރޭ 20:30 ގައި އިސްކަންދަރު ބިލްޑިންގ ގެ ތިއޭޓަރ ހޯލުގައި އޮންނަ މިދީނީ ދަރުސްގައި މަޢުލޫމާތު ދެއްވާނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިހް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

މިރޭ އޮންނަ މި ޚާއްސަ ދަރުސްގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލާނީ ރޯދައިގެ އަޅުކަމުގެ މައްޗަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިދަރުސް އަޑުއެއްސެވުމަށް، އެގަޑީގައި ޑިއުޓީގައި އުޅުއްވާ ފުލުހުން ފިޔަވައި، އެހެން ހުރިހާ ފުލުހުންނާއި އެހެނިހެން މުވައްޒަފުން އިސްކަންދަރު ބިލްޑިންގ ގެ ތިއޭޓަރ ހޯލަށް 20:20 ށް ހާޟިރުވުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމަކަށްވާތީ އެކަން މުވައްޒަފުންނަށް އެންގެވުމުގެ ގޮތުން އީނޯޓިސް ބޯޑުގައި ދެންނެވުމަކުން އެކަން މިހާރު ވަނީ އަންގާފައިވާކަމަށް ހަބަރު ލިބެއެވެ.

ޓެގް

ދަރުސް ވީޑިއޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.