އަރަބިދުނިޔެ ސީރިއާ މައްސަލައިގައި ޢަރަބި ޤައުމުތަކާއި އެމެރިކާއިން ރަޝިޔާ އާއި މަޝްވަރާކުރަނީ

ސީރިއާ މައްސަލައިގައި ޢަރަބި ޤައުމުތަކާއި އެމެރިކާއިން ރަޝިޔާ އާއި މަޝްވަރާކުރަނީ

ސީރިއާ މައްސަލައިގައި ޢަރަބި ޤައުމުތަކާއި އެމެރިކާއިން ރަޝިޔާ އާއި މަޝްވަރާކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސީރިއާގެ ހަމަނުޖެހުންތަކަށް ހުއްޓުމެއް ގެނައުމާއި ބެހޭގޮތުން އެމެރިކާ އާއި ޢަރަބި ޤައުމުތަކުގެ ވެރިން ރަޝިޔާ އާއެކު މަޝްވަރާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި އެމެރިކާއިން ހާމަކޮށްފިއެވެ. މިގޮތުން އެމެރިކާގެ ޚާރިޖިއްޔާގެ ވަފްދެއް ރަޝިޔާއަށް ގޮސްފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

ޢަރަބި ލީގުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން މައްސަލައަށް ހައްލެއް ގެނައުމަށް ކުރެވުނު މަސައްކަތް ނާކާމިޔާބު ވެފައިވާއިރު، ވެރިކަމުގެ ބާރުތައް ނާއިބު ރައީސް އާއި ހަވާލުކޮށްގެން ޞުލްހަވެރި ކަމާއެކު އެޤައުމުގައި ޑިމޮކްރަޓިކް ނިޒާމެއް ޤާއިމު ކުރުމަށް ފުރުޞަތު ދިނުމަށް ގޮވާލުމުން އެކަމަށްވެސް ރައީސް ބައްޝާރުލް އަސަދު ވަނީ އެއްބަސްވެ ވަޑައިނުގެންފައެވެ.

 ހަމަނުޖެހުންތަކުގައި ފަސްހާހަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކާއިރު، މިކަމުގައި މިހާތަނަށް ސަރުކާރުން އެއްވެސް ވަރަކަށް ލުޔެއް ނުދެއެވެ.

 މައްސަލަ އިތުރަށް ހޫނުވެފައިވާއިރު، ސީރިއާ ސަރުކާރަށް އެންމެބޮޑު އެހީއަކާއި ވާގިއެއް ލިބެމުންދާ އެއްފަރާތަކީ ރަޝިޔާއެވެ. މިހާތަނަށް ސޫރިއާ އާއި ދެކޮޅަށް ފާސްކުރުމަށް ނިންމާ ކޮންމެ ކަމެއްގައި ރަޝިޔާއިން ދެކޮޅު ހަދަމުންދިއުމުގެ ސަބަބުން، ސީރިއާގެ ވެރިންނަށް އަންނަނީ ހިތްވަރު ލިބެމުންނެވެ.

 ސީރިއާ ސަރުކާރުން ތަކުރާރުކޮށް ހާމަކުރަމުންދާ ގޮތުގައި ޞުލްހަވެރި ކަމާއެކު އިސްލާހީ ބަދަލުތައް ގެނައުމަށް އެންމެން އެއްބާރުލުންދީގެން ކެތްތެރި ކަމާއެކު މަސައްކަތް ކުރެވިގެން ނޫނީ އެދެވޭ ނަތީޖާއެއް ޙާޞިލް ނުކުރެވޭނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.