އަރަބިދުނިޔެ ސީރިއާގެ ސިޔާސީ މައްސަލަތަކުގެ ތެރެއަށް ހުޅަނގުން ނުވަނުމަށް ރަޝިއާއިން ގޮވާލައިފި

ސީރިއާގެ ސިޔާސީ މައްސަލަތަކުގެ ތެރެއަށް ހުޅަނގުން ނުވަނުމަށް ރަޝިއާއިން ގޮވާލައިފި

ސީރިއާގެ ސިޔާސީ މައްސަލަތަކުގެ ތެރެއަށް ހުޅަނގުން ނުވަނުމަށް ރަޝިއާއިން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅަނގުގެ ޤައުމުތަކުން ސީރިއާގެ ސިޔާސީ މައްސަލަގަނޑުގެ ތެރެއަށް ވަދެއްޖެ ނަމަ އޭގެ ނުރައްކާ ހީނުކުރާ ވަރަށް ބޮޑުވެގެން ދާނެ ކަމަށާއި އެކަމުގެ ތެރެއަށް ނުވަނުމަށް ގޮވާލައި ރަޝިއާ އިން އިންޒާރު ދީފިއެވެ.

ރަޝިއާގެ އިސް މަންދޫބެއްގެ ގޮތުގައި ނޭޓޯގައި މަސައްކަތްކުރެއްވުމަށް ފަހު މިހާރު އެގައުމުގެ ދިފާއީ ދާއިރާގެ ވަޒީރުގެ ނާއިބުގެ މަގާމަށް އައްޔަންކޮށްފައިވާ ޑިމިޓްރީ ރޮގޯޒިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އަރަބި ދުނިޔޭގެ މައްސަލަތަކުގެ ތެރެއަށް ހުޅަނގުން ނުފޫޒު ފޯރުވައިގެން ހާސިލުކުރެވެން ހުރި ކަންތަކަށް ވުރެ އެމީހުންނަށް ކުރިމަތިވާނެ ނުރައްކާތައް ބޮޑު ކަމަށެވެ. އޭނާއަކީ ނޭޓޯ އިން ލީބިއާގެ ވެރިކަން ވައްޓާލުމަށް ނުކުތުމުން ވެސް އެންމެ ބޮޑަށް ފާޑުވިދާޅުވި އެކަކެވެ.

އޭނާ މި މޭރުމުން ވާހަކަ ދައްކަވާފައިވާއިރު ސީރިއާއާ ދެކޮޅަށް، އ.ދ. މެދުވެރިކޮށް އެމެރިކާ އަށް ހަރުކަށި ފިޔަވަޅު ނޭޅިގެން އުޅޭ މައިގަނޑު އަސްލަކީ ވެސް ރަޝިއާއެވެ. ރަޝިއާ އާއި ޗައިނާ އިން ސީރިއާއާ ދެކޮޅަށް ބާރުގެ ބޭނުންކުރަން ދެކޮޅުހަދާއިރު އެއީ ވީޓޯގެ ބާރު ލިބިފައިވާ ދެ ގައުމެވެ.

ރޮގޯޒިން ވިދާޅުވީ އަރަބި ދުނިޔެ އަށް އަންނަމުންދާ ބަދަލުތަކުން ހުޅަނގަށް ކުރާނެ ފައިދާއެއް ނެތް ކަމަށާއި އިންގިލާބުތަކަށް ފަހު ދީނީ ހަރުކަށި ވިސްނުމުގެ މީހުން އަރަބި ދުނިޔޭގެ ކޮންޓްރޯލް އަތުލަމުން އަންނައިރު އޭގެ ހުރިހާ ބިރެއް ކުރިމަތިވެފައި ވަނީ ހުޅަނގަށް ކަމަށެވެ. އޭނާ ވިދާޅުވީ އިންގިލާބުތަކަށް ފަހު އަރަބި ދުނިޔޭގައި އިސްލާމީ ޝަރީއަތް ގާއިމުކުރުން ވެގެންދާނީ ހުޅަނގަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.