އަރަބިދުނިޔެ ޗައިނާ އާއި ސައޫދީ ޢަރަބިއްޔާއިން އިޤްތިސާދީ ގޮތުން ގުޅުން ބަދަހިކުރަނީ

ޗައިނާ އާއި ސައޫދީ ޢަރަބިއްޔާއިން އިޤްތިސާދީ ގޮތުން ގުޅުން ބަދަހިކުރަނީ

ޗައިނާ އާއި ސައޫދީ ޢަރަބިއްޔާއިން އިޤްތިސާދީ ގޮތުން ގުޅުން ބަދަހިކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޗައިނާގެ އިންވެސްޓްމަންޓް ތަކަށް ސަޢޫދީ އަރަބިއްޔާ ހުޅުވާލުމަށް ޗައިނާގެ ބޮޑުވަޒީރު ވެންޖިއަބާއޮ ސައޫދީ ސަރުކާރަށް ގޮވާލައްވައިފިއެވެ.

ޗައިނާގެ ޒިންހުވާ ނޫސްއެޖެންސީ ބުނިގޮތުގައި ވެންޖިއަބާއޮ މިކަމަށް ގޮވާލެއްވީ އޭނާ ސަޢޫދީ އަރަބިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ސައޫދީ ވަލީއުލްޢަހްދު ނާއިފް ބިން ޢަބްދުލްޢަޒީޒްއާ ބައްދަލުކުރެއްވުމުގެ ތެރޭގައެވެ.

ސައޫދީ ތެލާއި ޤުދްރަތީ ގޭހުގެ ސިނާއަތުގައި ފުޅާދާއިރާއެއްގައި އިންވެސްޓްކުރަން ޗައިނާގެ ކުންފުނިތައް ތައްޔާރަށްއޮތްކަމަށް ވެންޖިއަބާއޮ ސައޫދީ ވަލީއުލްޢަހްދަށް ދެންނެވި ކަމަށް ޒިންހުވާ ޚަބަރުދެއެވެ. އަދި ސައޫދީ އަރަބިއްޔާގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ތަންފީޒުކުރުގައިވެސް މުހިއްމު ދައުރެއް ޗައިނާގެ ކުންފުނިތަކަށް އަދާކުރެވިދާނެކަން ވެންޖިއަބާއޮ ހާމަކުރެއްވި ކަމަށް ޚަބަރުލިބެއެވެ.

ޗައިނާގެ ބޮޑުވަޒީރުގެ ވާހަކަފުޅަށް ޖަވާބު ދެއްވަމުން، ސައޫދީ އަރަބިއްޔާގެ ވިޔަފާރީގެ މުހިއްމު ބައިވެރިއަކަށް ވުމުގެ އިތުރު ފުރުސަތުތައް ޗައިނާއަށް ދޭނެކަން ނާއިފް ހާމަކުރެއްވިއެވެ. މިހާރުވެސް ސައޫދީ އަރަބިއްޔާއަށް 4ވަނައަށް އެންމެ ގިނައިން މުދަލާއި އެނޫންތަކެތި އެތެރެކުރަނީ ޗައިނާއިން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޗައިނާއަށް ބަލާއިރު އެޤައުމަށް ބޭނުންވާ ތެޔޮ އެންމެ ގިނައިން އިންޕޯޓް ކުރަނީ ސައޫދީ އަރަބިއްޔާއިންނެވެ. ދެވަނައަށް ޗައިނާ އެންމެ ގިނައިން ތެޔޮ އިންޕޯޓްކުރަނީ އީރާނުންނެވެ. ގަލްފަށް ބަލާއިރު ތެލާއި ޤުދްރަތީ ގޭހުގެ ދާއިރާތަކުގައި ޗައިނާ އެންމެ ގިނައިން އިންވެސްޓްކުރަނީ އީރާންގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.