އަރަބިދުނިޔެ ކަނޑުފޭރޭ ބައެއްގެ ފަރާތުން އީރާނުގެ ބަޔަކު އެމެރިކާ ސިފައިން ސަލާމަތްކޮށްފި

ކަނޑުފޭރޭ ބައެއްގެ ފަރާތުން އީރާނުގެ ބަޔަކު އެމެރިކާ ސިފައިން ސަލާމަތްކޮށްފި

ކަނޑުފޭރޭ ބައެއްގެ ފަރާތުން އީރާނުގެ ބަޔަކު އެމެރިކާ ސިފައިން ސަލާމަތްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސާޅީސް ދުވަހަށް ވުރެ ގިނަ ދުވަހު ސޯމާލިޔާގެ ކަނޑުފޭރޭ ބަޔަކު ހިފަހައްޓައި އުޅުނު އީރާނުގެ މަސް ބޯޓެއް ސަލާމަތްކޮށް އޭގައި ތިބި 13 މީހުން އެމެރިކާގެ ކަނޑުގެ ސިފައިން ސަލާމަތްކޮށްފިއެވެ.

އަލްޖަޒީރާއާ ހަވާލާދީ އެމެރިކާގެ އޮފިޝަލުން ވިދާޅުވީ މަނަވަރު، "ޔޫއެސްއެސް ކިޑް" އަށް އީރާނުގެ ބޯޓްގެ ކެޕްޓަން ފޮނުވި ހާލުގައި ޖެހިފައިވާ ކަމުގެ މެސެޖެއް ލިބުނު ކަމަށާއި އެ މެސެޖް ލިބުމުން މަނަވަރުން އީރާނުގެ މަސްބޯޓަށް އެހީވުމަށް މަސައްކަތްކުރި ކަމަށެވެ.

އެމެރިކާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ކަނޑުފޭރޭ މީހުން ދިޔައީ އީރާނުގެ ބޯޓްގެ ފަޅުވެރިންނަށް މަޖުބޫރުކޮށް ފޭރުމުގެ އޮޕަރޭޝަންތަކަށް އެމީހުންގެ އެހީތެރިކަން ހޯދަމުންނެވެ.

ކަނޑުފޭރޭމީހުންގެ އަތް ދަށުން ސަލާމަތް ކުރުމަށް ފަހު އެމެރިކާ ސިފައިން އީރާނު މީހުންނަށް ކާނާ އާއި ބޯފެން އަދި ބޭސްފަރުވާ ފޯރުކޮށްދިން ކަމަށާއި އެމީހުން ސަލާމަތްކުރުމުގެ ތެރޭގައި ހައްޔަރުކުރި ފޭރޭމީހުން އެމެރިކާގެ އެހެން މަނަވަރަކަށް ބަދަލުކުރި ކަމަށް ވެސް އެމެރިކާ ސިފައިން ބުނެއެވެ.

ސޯމާލިޔާގެ ކަނޑުފޭރޭ މީހުން އަންނަނީ ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކެއްގައި ފުޅާ ދާއިރާއެއްގައި ކަނޑުފޭރުމުގެ އޮޕަރޭޝަންތައް ހިންގަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.