އަރަބިދުނިޔެ އީރާނުގެ އަމާޒަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުން ނޫންކަން ސާބިތުކޮށްދޭންޖެހޭނެކަމަށް އ.ދ. އިން ގޮވާލައިފި

އީރާނުގެ އަމާޒަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުން ނޫންކަން ސާބިތުކޮށްދޭންޖެހޭނެކަމަށް އ.ދ. އިން ގޮވާލައިފި

އީރާނުގެ އަމާޒަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުން ނޫންކަން ސާބިތުކޮށްދޭންޖެހޭނެކަމަށް އ.ދ. އިން ގޮވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އީރާނުގެ ނިއުކްލިއަރ މައްސަލައާ އެކު އެގައުމާއި ހުޅަނގުގެ މެދުގައި ބަހުގެ ހަމަލާތައް އިތުރަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި މިމައްސަލަ ވީހާ ވެސް ސުލްހަވެރިކަމާ އެކު ހައްލުކުރަން ޖެހޭނެ ކަމަށާއި އެގޮތުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމަކީ އީރާނުގެ އަމާޒެއް ނޫންކަން އެގައުމުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ-މޫން ވިދާޅުވެއްޖެއެވެ.

އީރާނުގެ ނިއުކްލިއަރ މައްސަލައާއި ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން ބަން ކީ މޫން ވާހަކަ ދައްކަވަމުން ގެންދަވާއިރު ނިއުކްލިއަރ މައްސަލާގައި އެމެރިކާ އާއި ޔޫރަޕުން ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އީރާނާ ދެކޮޅަށް ފާސްކުރުމުން މައްސަލަވަނީ ކުރިއަށް ވުރެ ގޯސްވެފައެވެ. އަދި އީރާނުން ދަނީ މެދުކެނޑުމެއް ނެތި އެމެރިކާ އަށް އިންޒާރު ދެމުންނެވެ.

ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބާން ވިދާޅުވީ މައްސަލަ ހޫނުވެފައިވާއިރު އެންމެން ވެސް މަސައްކަތްކުރަން ޖެހޭނީ މައްސަލަ ފިނިކުރަން ކަމަށެވެ. އޭނާ ވަނީ ސުލްހަވެރި އުސޫލުތަކަށް ފުރުސަތު ދީގެން ހިޔާލު ތަފާތުވުންތައް ނައްތާލުމަށް ފަހު މައްސަލަ ހައްލުކުރުމަށް ގޮވާލައްވާފައެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން ބާން ވިދާޅުވީ ސުލްހައިގެ މަރުހަލާގައި އީރާނުގެ ފުރިހަމަ އެއްބާރުލުން، އެގައުމުގެ ނިއުކްލިއާ މައްސަލާގައި އ.ދ. ގެ ސަލާމަތީ މަޖިލީހަށް ވެސް ލިބެން ޖެހޭނެ ކަމަށެވެ. އ.ދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ނިއުކްލިއަރ މައްސަލާގައި އީރާނާ ދެކޮޅަށް ހަތަރު ފަހަރެއްގެ މަތިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އީރާނުގެ ނިއުކްލިއަރ މަޝްރޫއުގެ މައްސަލަ ހޫނުވުމުގެ އަސްލަކީ އެމެރިކާ އާއި ޔޫރަޕެވެ. އެމީހުން ބުނަނީ އީރާނުން މަސައްކަތްކުރަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ކަމަށެވެ. ނަމަވެސް އެ ތުހުމަތު އީރާނުން ދޮގުކުރެއެވެ. އަދި ނިއުކްލިއަރ މަޝްރޫއު ހުއްޓާލަން ވެސް އެގައުމުން ދެކޮޅުހަދައެވެ.

ނިއުކްލިއަރ މައްސަލާގައި އީރާނާ ދެކޮޅަށް އެމެރިކާ އާއި ޔޫރަޕްގެ ބާރުތަކުން ފިއްތުން އިތުރުކޮށްފައިވާއިރު މި ކެމްޕޭނުގައި އިސްރާއީލަކީ ވެސް މުހިންމު ފަރާތެކެވެ. އިސްރާއީލު އޮތީ އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ބޮން އެޅުމަށްވެސް ތައްޔާރަށް ކަމުގައި ޚަބަރުތައް ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.