އަރަބިދުނިޔެ އިންތިޚާބާ ދިމާކޮށް އެމެރިކާއަށް ވަޑައިގެންނެވުމަށް ސާލިހު ނިންމެވި ނިންމެވުން ކެންސަލްކުރައްވައިފި

އިންތިޚާބާ ދިމާކޮށް އެމެރިކާއަށް ވަޑައިގެންނެވުމަށް ސާލިހު ނިންމެވި ނިންމެވުން ކެންސަލްކުރައްވައިފި

އިންތިޚާބާ ދިމާކޮށް އެމެރިކާއަށް ވަޑައިގެންނެވުމަށް ސާލިހު ނިންމެވި ނިންމެވުން ކެންސަލްކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޔަމަންގެ ރިއާސީ އިންތިހާބާއި ދިމާކޮށް އެމެރިކާގައި ދުވަސްތަކެއް ހޭދަކުރެއްވުމަށް އެގައުމަށް ވަޑައިގެންނެވުމަށް މަސައްކަތްކުރެއްވުމަށް ފަހު ޔަމަންގެ ރައީސް އަލީ އަބްދުﷲ ސާލިހް އެ ޚިޔާލު މިހާރު މުޅިން ކެންސަލް ކުރައްވައިފިއެވެ.

މިކަން އިއުލާނުކޮށްފައި ވަނީ އެމެރިކާ އަށް ވަޑައިގަތުމުގެ ހުއްދަ ސާލިހަށް ދިނުމާ މެދު ވިސްނަމުންދާ ކަމަށް އެމެރިކާއިން ހާމަކޮށްފައި ވަނިކޮށެވެ. އެމެރިކާ އިން ހާމަކޮށްފައިވާ ގޮތުގައި އޭނާ އަށް ހުއްދަ ދެވޭނީ ސިއްހީ ފަރުވާގެ ދަތުރަކަށް އެކަނި ކަމަށެވެ.

ސާލިހް ވިދާޅުވެފައި ވާގޮތުގައި އޭނާ އެމެރިކާއަށް ވަޑައިގަތުމަށް ނިންމެވީ ޔަމަންގެ ރިއާސީ އިންތިހާބު ވީހާ ވެސް އޮމާން، އަމާން ގޮތަކަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމުގެ ބޭނުމުގައި ކަމަށެވެ. މި ދަތުރު ކެންސަލްކުރެއްވިކަން އިއުލާނުކޮށްފައިވާއިރު ޔަމަނުން ބުނެފައިވަނީ ދަތުރު އެންމެފަހުން ކެންސަލްކުރެއްވީ އޭނާގެ ޕާޓީގެ ލީޑަރުންގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ.

އެހެންކަމުން ޔަމަންގައި އަންނަ ފެބްރުއަރީ މަހު އިންތިހާބު ބާއްވާއިރު ސާލިހް ހުންނަވާނީ ގައުމުގައެވެ. ދަތުރު ކެންސަލްކުރެއްވީ އެމެރިކާއާ ހިޔާލު ތަފާތުވެގެން ކަމަށް ދެކެވޭ ވާހަކަތައް ޔަމަން ސަރުކާރުން ދޮގުކުރެއެވެ.

އިންތިހާބާ ދިމާކޮށް ގައުމުން ބޭރަށް ވަޑައިގަތުމަށް ސާލިހް މަސައްކަތްކުރެއްވިއިރު ކުރިއަށް އޮތް އިންތިހާބާ އެކު އޭނާގެ 33 އަހަރުވީ ވެރިކަން ނިމުމަކަށް އަންނާނެއެވެ. ޒަމާންވީ ވެރިކަން ދޫކޮށްލެއްވުމަށް ތަކުރާރުކޮށް ދެކޮޅުހައްދަވަމުން ގެންދެވުމަށް ފަހު އެންމެފަހުން އޭނާ ދޫދެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ވެރިކަމުން ފައިބާ ވަޑައިގަތުމަށް ސާލިހް އެއްބަސްވެ ވަޑައިގެންފައިވަނީ އޭނާ އަށް ގާނޫނީ ހިމާޔަތް ދޭނެ ކަމުގެ ޔަގީންކަން ވެސް ލިބުމުންނެވެ. ސާލިހް ވަނީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ޔަމަންގެ ސިޔާސީ މައިދާނަށް ނުކުމެ ވަޑައިގަންނަވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.