ރާއްޖޭގެ ޚަބަރު ބަނގުރަލުގެ ވިޔަފާރި ހުއްޓާލުމަކީ ސަރުކާރުން ކުރާނެކަމެއް ނޫން : ރައީސް

ބަނގުރަލުގެ ވިޔަފާރި ހުއްޓާލުމަކީ ސަރުކާރުން ކުރާނެކަމެއް ނޫން : ރައީސް

ބަނގުރަލުގެ ވިޔަފާރި ހުއްޓާލުމަކީ ސަރުކާރުން ކުރާނެކަމެއް ނޫން : ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ރައީސް ނަޝީދު - ފޮޓޯ: ހަވީރު

ބަނގުރަލުގެ ވިޔަފާރި ހުއްޓާލުމަކީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށާއި އެކަމަކީ ރާއްޖޭގެ ރައްޔިތުންގެ މުޅި ހަޔާތާއި މުއްސަނދިކަމާ ގުޅިފައިވާކަމެއްކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކުރުނބާ މޯލްޑިވްސްގައި މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބަނގުރަލުގެ ވިޔަފާރި މުޅި ރާއްޖޭގައި ހުއްޓާލުމަށް ސަރުކާރުން އަންގާފައި ނުވަނީ އެކަމަށް ފަސްޖެހޭތީ ކަމަށެވެ.

"ފަހަތަށް ޖެހޭތީ ސަރުކާރުން، ކަންބޮޑުވާތީ، އަޅުގަނޑުމެންގެ މުޅި ހަޔާތާއި މުޅި ދިރިއުޅުމާ، އަޅުގަނޑުމެންގެ މުޅި މުއްސަނދިކަން ގުޅިފައި އޮތީ ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމާ ގުޅިފައިކަމުން ސަރުކާރުން އެކަމުގައި ފިޔަވަޅެއް އަޅަން ހަމަ ފަހަތަށް ޖެހެނީ، އަދި އަޅުގަނޑު ދަންނަވާނަން، ސަރުކާރަކުން އެ ފިޔަވަޅެއް ނުވެސް އަޅާނެ،" ރައީސް ވިދާޅުވި އެވެ.

މިދިޔަ އަހަރު ޑިސެމްބަރ 23 ގައި "އިސްލާމްދީނުގެ ޙިމާޔަތުގައި ދިވެހިން" ޝިއާރުގެ ދަށުން 2011 ޑިސެމްބަރ 23 ގައި ބޭއްވި ބޮޑު މުޒާހަރާގައި ސަރުކާރަށް ކުރި ޑިމާންޑްތަކަށް ސަރުކާރުން އިޖާބަ ނުދީ ސަރުކާރުން އެކަންތަކަށް ހަޖޫ ޖަހަމުން ދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ހަމައެފަދައިން ދިވެހި ރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ވަލިއްޔުލް އަމްރު، މިގައުމުގެ މުޅި އިޤްތިޞާދާއި މުއްސަނދިކަން ބަނގު ރަލުގެ މައްޗަށް ބަރޯސާވެފައި އޮތްކަމަށްވިދާޅުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމެއްކަމުގައި ގިަބަޔަކު ދެކެއެވެ.

މާލޭގައި މަސާޖްޕާލާ ފަދަ ނަންނަމުގައި ހިންގަމުންދާ ހަށިވިއްކާ ތަންތަން ބަންދުކުރުމަށް ބޮޑު މުޒާހަރާގައި ގޮވާލާފައިވާތީ ކަމަށް ބުނެ، ސަރުކާރުން ވަނީ ރިސޯޓްތަކުގެ ސްޕާތައް ބަންދުކުރަން އަންގާފައެވެ. ނަމަވެސް، މިއަދު ސަރުކާރުން ވަނީ އަލުން ސްޕާތައް ހުޅުވަން ހުއްދަ ދީފައެވެ. މިކަން ހާމަކުރެއްވީ މިއަދު ކުރުނބާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދެވެ.

ދައުލަތުގެ ބަންޑާރަ ނައިބު ވަނީ ފަތުރުވެރިންނަށް ސްޕާގެ ޚިދުމަތް ދިނުމާއި، ރަލާއި އޫރުމަސް ވިއްކުމާމެދު ގޮތެއް ނިންމައިދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.