ރާއްޖޭގެ ޚަބަރު ހިއްލަތާއި ނާޒިމް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރު ނުކުރަން ނިންމައިފި

ހިއްލަތާއި ނާޒިމް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރު ނުކުރަން ނިންމައިފި

ހިއްލަތާއި ނާޒިމް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރު ނުކުރަން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެއްޖިއްސުން ގުޅުން ހިންގަން ގޮވާލާ ހިއްލަތު ރަޝީދު (ކ) އަދި މުރުތައްދުވުމަށް ފަހު އިސްލާމްވި ނާޒިމް (ވ)---ފޮޓޯ: ދިއިސްލާމް

މިއަދު ބޭއްވި ގައުމީ ސަލާމަތީ ކޮމީޓީގެ ބައްދަލަވުމުގައި ދާދިފަހުން ދީނީ މިނިވަންކަމަށް ގޮވާލާއި އެއްވި މީހުންގެ ތެރެއިން ހައްޔަރުކޮށްފައި ހުރި ހިއްލަތު ރަޝީދާއި މުރަތައްދުވުމަށްފަހު ތައުބާވި މުހަންމަދު ނާޒިމް އެ ކޮމިޓީއަށް ހާޒިރު ނުކުރަން ނިންމައިފިއެވެ.

މީގެ ކުރިން މި ދެ މީހުންވެސް ކޮމިޓީއަށް ހާޒިރުން ކުރަން ނިންމާފައިވާއިރު ، މި ނިންމުން ބަދަލުކޮށްފައިވަނީ  މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ކޮމެޓީގެ ބައެއް މެންބަރުން އެދިވަޑައިގެންފައިވާތީ ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެންބަރުން އަލީ ވަހީދު އެ މައްސަލަ ހުށަހެޅުއްވާ ވޯޓަށް އެހުމަށް ފަހު، އެވަގުތު ކޮމިޓީގައި ތިބި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

އެ މައްސަލާގައި ބަހުސް ކުރައްވަމުން ބައެއް މެމްބަރުން މީގެކުރިން ބުނެފައިވަނީ އިސްލާމްދީނުގެ ހުރުމަތް ކަނޑާލި ބަޔަކަށް އަދި ދީނީ މިނިވަން ކަމަށް ގޮވާލި ބަޔަކަށް މަޖިލީހު ކޮމިޓީގެ ތަޅުމުން ޖާގަ ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ.

އެހެން ދީންތަކަށް އުޅުމުގެ ފުރުޞަތު މި ރާއްޖޭގައި އޮންނަންޖެހޭނެކަމަށް ބުނެ މި މަހުގެ 10 ގައި އެއްވި މީހުންގެ މައްސަލަ  15 ވަރަކަށް ދުވަހު ނިމޭނެކަމަށް ފުލުސް ކޮމިޝަނަރު އަހުމަދު ފަސީހު ވަނީ ވިދާޅުވެފައެވެ. އެހެން ދީންތަކަށް އުޅުމުގެ ފުރުޞަތު މި ރާއްޖޭގައި އޮންނަންޖެހޭނެކަމަށް ބުނެ އަޑު އުފުލުމަށް ނުކުމެފައިވަނީ ވަރަށް މަދު ބަޔެކެވެ. އަދި އެ ކަމުގައި އިސްކޮށް ހަރަކާތްތެރިވި ހިއްލަތު ރަޝީދު މިހާރު ހުރީ ފުލުހުންގެ ހައްޔަރުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.