ދިއިސްލާމް ދިއިސްލާމްގެ އިނގިރޭސި އެޑިޝަން ރީލޯންޗު ކޮށްފި

ދިއިސްލާމްގެ އިނގިރޭސި އެޑިޝަން ރީލޯންޗު ކޮށްފި

ދިއިސްލާމްގެ އިނގިރޭސި އެޑިޝަން ރީލޯންޗު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ދިއިސްލާމް އިނގިރޭސި އެޑިޝަނުގެ ސްކްރީން ޝޮޓެއް

ދިއިސްލާމް މީޑިއާ ޓީމުގެ ފަރާތުން ހިންގާ ދިއިސްލާމް އޮންލައިން ނޫހުގެ އިނގިރޭސި އެޑިޝަން މިއަދު ރީލޯންޗު ކޮށްފިއެވެ.

މި އެޑިޝަންގައި ރާއްޖެ އާއި ދުނިޔޭގެ ޚަބަރު، ދީނީ އަދި އިޖުތިމާޢީ ލިޔުންތައް، ކޮލަމިސްޓް، ވާހަކަ، ބަސްދީގަތުން، ޞިއްޙަތު އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ ބައިތައް ހިމެނެއެވެ.

ދިއިސްލާމްގެ އިނގިރޭސި އެޑިޝަން ފުރަތަމަ ލޯންޗު ކުރެވުނީ 16 ފެބްރުއަރީ 2011 ގައެވެ.

އޮންލައިން ނޫހެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް އިންފޮމޭޝަންގައި ދިއިސްލާމް ރަޖިސްޓްރީ ކޮށްފައިވައި ވަނީ 3 އޭޕްރީލް 2011 ގައެވެ.  ދިއިސްލާމްގެ ކުޑައިގެ ދަށުން، ދިއިސްލާމްގެ ނަމުގައި މަޖައްލާއެއް ވެސް ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން ގައި 7 އޭޕްރީލް 2011 ގައި ރަޖިސްޓްރީ ކުރެވިގެން ދަނީ މަހަކު އެއްފަހަރު ނެރެމުންނެވެ. އެގޮތުން ދިއިސްލާމް މަޖައްލާގެ ފުރަތަމަ އަދަދު ނެރެފައި ވަނީ 1 ޖޫން 2011 ގައެވެ.

ދިއިސްލާމްގެ މަޤްސަދަކީ އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި ޚަބަރާއި މައުލޫމާތު ވީހާވެސް ފުޅާ ގޮތެއްގައި ކިޔުންތެރިންނަށް ފޯރުކޮށްދިނުމެވެ.

ދިއިސްލާމްގެ އިނގިރޭސި އެޑިޝަނަށް ޒިޔާރަތް ކޮށްލައްވާ!

ޓެގް

ދިއިސްލާމް ދިއިސްލާމް އިނގިރޭސި އެޑިޝަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.