ދިއިސްލާމް ސައުދީ ސްކޫލެއްގައި ހިނގި އަލިފާނުގެ ޙާދިޘާގައި ނިޔާވި ދެމުދައްރިސުންނަކީ ޝަހީދުން- މުފްތީ

ސައުދީ ސްކޫލެއްގައި ހިނގި އަލިފާނުގެ ޙާދިޘާގައި ނިޔާވި ދެމުދައްރިސުންނަކީ ޝަހީދުން- މުފްތީ

ސައުދީ ސްކޫލެއްގައި ހިނގި އަލިފާނުގެ ޙާދިޘާގައި ނިޔާވި ދެމުދައްރިސުންނަކީ ޝަހީދުން- މުފްތީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަރާޢިމް އަލްވަތަން ސްކޫލް

ސައުދީ ޢަރަބިއްޔާގެ ސްކޫލެއްކަމުގައިވާ ބަރާޢިމް އަލްވަތަން ސްކޫލުގައި ހިނގި އަލިފާނުގެ ޙާދިޘާއެއްގައި ނިޔާވިދެ މުދައްރިސާއިންނަކީ އިންޝާﷲ ޝަހީދުންކަމުގައި ސައުދީ ޢަރަބިއްޔާގެ މުފްތީ ޝައިޚް ޢަބްދުލްޢާޒީޒް އާލުއްޝައިޚް ވިދާޅުވެއްޖެއެވެ.

ނިޔާވި ދެ މުދައްރިސާއިންގެ އާއިލާތަކަށް ފޯނުން ގުޅުއްވައި ޝައިޚް ޢަބްދުލްޢަޒީޒްވަނީ ކެތްތެރިވުމަށް ވަޞިއްޔަތްކުރައްވާފައެވެ.

"ޖިއްދާގެ އަންހެނުންކުދިންގެ ސްކޫލެއްގައި ހިނގި އަލިފާނުގެ ޙާދިޘާގައި ނިޔާވި ދެއަންހެނުންނާއި އަދި މަގުމަތީގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި ޔުނިވަރސިޓީ ކުދިންނަކީ މާތް ﷲ އިރާދަކުރެއްވިއްޔާ ޝަހީދުން،" ސައިދީ ޢަރަބިއްޔާގެ ބޮޑެތި ޢިލްމުވެރިންގެ ކޮމިޓީގެ މެމްބަރު ޑރ. ޢަބްދުﷲ މުތްލަޤް ވިދާޅުވިއެވެ.

މިފަދަ ޙާދިޘާތަކުން ނިޔާވާ މުސްލިމުންނަކީ ޝާހީދުންކަމަށް ޞަލަވާތާއި ސަލާމްލެއްވި މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވާކަމަށް ޝައިޚް ވިދާޅުވިއެވެ.

މިދަނޑިވަޅުގައި މާތްﷲގެ ހެޔޮދަރުމައަށް އެދޭ ޙާލު ނިޔާވި މީހުންގެ އާއިލާތަކުން ކެތްތެރިވުން މުހިއްމުކަމުގައި ޑރ. މުތްލަޤް ވިދާޅުވިއެވެ. އަދި ކެތްތެރިންނަށް ﷲދެއްވާ އަޖުރުގެ މަތިވެރިކަމަށް ޑރ. މުތްލަޤް އަލިއަޅުވާލެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.