ދިއިސްލާމް ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އިމާރާތްކުރުމަށް ސައުދީގެ ފަންޑަކުން ލޯނުގެ އެހީއެއް ދީފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އިމާރާތްކުރުމަށް ސައުދީގެ ފަންޑަކުން ލޯނުގެ އެހީއެއް ދީފި

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އިމާރާތްކުރުމަށް ސައުދީގެ ފަންޑަކުން ލޯނުގެ އެހީއެއް ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް

ސައުދީ ފަންޑް ފޯ ޑިވަލޮޕްމެންޓާއި އޯޕެކް ފަންޑް ފޯ ޑިވެލޮޕްމެންޓްގެ ލޯނު އެހީގައި ހިންގުމަށް ހަމަޖެހިފައިވާ ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މަސައްކަތަށް ސައުދީ ފަންޑުންދޭ އެހީގެ ދަށުން 47 މިލިޔަން ރިޔާލް 12.5 މިލިޔަން ޑޮލަރު ގެ ލޯނެއް ދިނުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފި އެވެ.

ލޯނުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައި ވަނީ ފިނޭންސް މިނިސްޓްރީއިންނެވެ. ސޮއިކުރުމަށް ފަހު މިނިސްޓްރީއިން ބުނެފައި ވަނީ އެ އެއްބަސްވުމުގެ ދަށުން ދޭ ލޯނަކީ 1% އިންޓަރެސްޓް އެކު 20 އަހަރު ދުވަހުގެ ތެރޭގައި ދައްކާ ގޮތަށް ފަސް އަހަރުގެ ގްރޭސްޕީރިއަޑަކާ އެކު ދޭ ލޯނެއް ކަމަށެވެ.

މިރަސްމިއްޔާތު އިއްޔެ އޮތީ ފިނޭންސް މިނިސްޓްރީގައެވެ. އަދި ލޯނުގެ އެއްބަސްވުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ވައިސް ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ޔޫސުފް އަލް ބައްސާމެވެ.

މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ޑރ . އާމިނަތް ޖަމީލު އަދި އިސްލާމިކް މިނިސްޓަރ ޑރ .  އަބްދުލް މަޖީދު އަބްދުލް ބާރީވެސް ބައިވެރިވެލެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.