ދިއިސްލާމް ބުދުތައް ބެހެއްޓިއިރު ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަކީ "މޮޑަރޭޓް" ބަޔަކަށްވާއިރު އެކަމަށް "ޓޮލަރޭޓް" ކުރާނެކަމަށް : ފޮރިން މިނިސްޓްރީ

ބުދުތައް ބެހެއްޓިއިރު ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަކީ "މޮޑަރޭޓް" ބަޔަކަށްވާއިރު އެކަމަށް "ޓޮލަރޭޓް" ކުރާނެކަމަށް : ފޮރިން މިނިސްޓްރީ

ބުދުތައް ބެހެއްޓިއިރު ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަކީ "މޮޑަރޭޓް" ބަޔަކަށްވާއިރު އެކަމަށް "ޓޮލަރޭޓް" ކުރާނެކަމަށް : ފޮރިން މިނިސްޓްރީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ނަޞީރު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ - ފޮޓޯ : މިއަދު ނޫސް

ސާކް ސަމިޓާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ބުދުތައް ހިމެނޭ ޕާކިސްތާނު ބިނާ ބެހެއްޓި އިރު ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ރައްޔިތުންނަކީ "މޮޑަރޭޓް" ބަޔަކަށްވާއިރު އެކަމަށް "ޓޮލަރޭޓް" ކުރާނެކަމަށް ކަމުގައި ފޮރިން މިނިސްޓްރީން ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ނަޞީރު ވިދާޅުވީ އެ ބިނާ އިން ދައްކައިދެނީ ޕާކިސްތާނު އިސްލާމް ވުމުގެ ކުރީގެ ތާރީޚާއި، ކުރިން އަޅުކަންކުރި ދީންތައް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ނުރުހޭ އެއްވެސް އެއްޗެއް ސަރުކާރުން އެއްވެސް ތަނެއްގައި ނުބަހައްޓާނެ ކަމަށާއި، އެބިނާ ބަދަލުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވެމުންދާ ކަމަށް ނަޞީރު ވިދާޅުވިއެވެ.

ނަޞީރު ވިދާޅުވީ ރައްޔިތުންގެ ބަޔަކު ބިނާއަށް ދީފައިވާ ގެއްލުންތަކުގެ ތަޙްޤީޤް ކުރިއަށްގެންދާ ކަމަށާ ތަޙްޤީޤް ނިމުމުން އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށެވެ. އަދި ހިނގައި ގޮސްފައިވާ ކަންކަމަށް ޕާކިސްތާނުގެ ސަރުކާރުގެ ކިބައިން މިހާރު މަޢާފަށް އެދިފައިވާނެ ކަމަށް ވެސް ނަޞީރު ވިދާޅުވިއެވެ.

"ހިނގައި ގޮސްފައިވާ ކަންކަމަށް ޕާކިސްތާނުގެ ސަރުކާރުގެ ކިބައިން މިހާރު މަޢާފަށް އެދިފައިވާނެ" - ނަޞީރު 

ނަޞީރު ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ ބިނާ ބެހެއްޓީ ރާއްޖޭގެ ސަރުކާރާ މަޝްވަރާކޮށް ހުއްދަދީގެންނެވެ. އެބިނާގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤަވާއިދާ ތަޢާރަޒްވާ ތަކެތި ހުރިއިރު އެތަކެތި ބެހެއްޓުމުގެ ކުރިން އިސްލާމިކް މިނިސްޓްރީއާ އެއްވެސް ވަރަކަށް މަޝްވަރާކުރިތޯ ނޫސްވެރިއަކު ސުވާލުކުރުމުން، ނަޞީރު ވިދާޅުވީ ސަރުކާރާ މަޝްވަރާ ކުރެވިފައިވާނެ ކަމަށާއި، އިސްލާމިކް މިނިސްޓްރީ އަކީވެސް ސަރުކާރުގެ ބައެއް ކަމަށެވެ.

އައްޑޫގައި ބަހައްޓާފައިވާ ބުދުތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖެއަށް އެތެރެކުރެވިގެން ނުވާނެ ބުދުތަކެއް ކަމަށް ސަރުކާރަށް އަންގަވާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ މިދިޔަ ހަފްތާގެ ބުދަ ދުވަހުގެ ރޭ ވިދާޅުވެފައި ވެއެވެ. އަދި މިފަދަ ބިނާތައް ނެގުމަށް އިސްލާމިކް މިނިސްޓްރީން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް އިއްޔެ އަންގަވާފައިވާނެ ކަމަށް މީޑިއާގައި ޑރ. މަޖީދު ވިދާޅުވެފައި ވެއެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓްރީ އާއި، ރައީސް އޮފީސް ހިމެނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.