ދިއިސްލާމް އިޒްރޭލު ސިފައިން ފަލަސްޠީނުގެ 6 މީހަކު ހުޅަނގު އައްސޭރިން ހައްޔަރުކޮށްފި

އިޒްރޭލު ސިފައިން ފަލަސްޠީނުގެ 6 މީހަކު ހުޅަނގު އައްސޭރިން ހައްޔަރުކޮށްފި

އިޒްރޭލު ސިފައިން ފަލަސްޠީނުގެ 6 މީހަކު ހުޅަނގު އައްސޭރިން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

Photo: en.rian.ru

 

އިޒްރޭލުގެ އިސްތުޢުމާރީ ސިފައިން ފަލަސްޠީނުގެ 6 މީހަކު ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުން އަންގާރަ ދުވަހު ހައްޔަރުކޮށްފިއެވެ.

މީގެ ތެރޭގައި "ބައިތުލަހަމް" ގެ ދެކުނުގައި އޮންނަ "ދޮހައިޝާ" ރެފިއުޖީ ކޭމްޕުން ހައްޔަރުކުރި ތިން ޒުވާނުންވެސް ހިމެނެއެވެ. އެ ހިސާބުގަނޑުގެ މީހުން ބުނިގޮތުގައި އިޒްރޭލު ސިފައިން އެތިން ޒުވާނުން ހައްޔަރުކޮށްފައި ވަނީ ކޭމްޕުގެ ވަރަށްގިނަ ގެތަކެއް ބަލާ ފާސްކުރުމަށްފަހުގައެވެ.

މީގެ އިތުރުން "ޖެނިން" ގެ އިރުމަތީގައިވާ "ޖަލްޤަމުސް" އަވަށުންވެސް ދެމީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ އަވަށުގެ މީހުން ބުނިގޮތުގައި އިޒްރޭލު ސިފައިންވަނީ އެ އަވަށުގެ ކައުންސިލްގެ ރައީސް ނާފިޒް މޫސާގެ ގެއަށް އޭނާގެ ދަރިފުޅު ހޯދުމުގެ ނަމުގައި ވަދެ އެގޭގެ ތަކެއްޗަށް ގެއްލުންތަކެއްދީފައެވެ.

އަދި "ބައިތުލަހަމް" ގެ "ސަފާ" އަވަށުން ވަނީ ރަޝާދް ކަރާޖާ ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފައެވެ. އެއަވަސުގެ މީހުން މައުލޫމާތު ދިންގޮތުގައި އޭނާއަކީ ދާދި ފަހުން  އިޒްރޭލާ ޙަމާސް އާއި ދެމެދު ވެވުނު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އިޒްރޭލުގެ ޖަލުން މިނިވަންވި ސުމޫދް ކަރާޖާގެ ބޮޑުބޭބެއެވެ. މީގެ ދެތިންދުވަސް ކުރިން ސުމޫދް ކަރާޖާ އަށްވެސް ވަނި ތަޙުޤީޤަށް ޙާޟިރުވުމަށް އަންގާފައެވެ.

ފަލަސްޠީނުގެ އަސީރުންނާ ބެހޭ ޖަމްޢިއްޔާއިން ވަނީ މިނިވަންވި އަސީރުންނަށާއި އެމީހުންގެ ޢާއިލާތަކަށް އިޒްރޭލުން ބިރުދައްކަމުން ގެންދާކަމަށް ބުނެފައެވެ.

މަސްދަރު: ޕެލަސްޓީނިއަން އިންފޮރމޭޝަން ސެންޓަރ

ޓެގް

ހުޅަނގު އައްސޭރި ޖަރީމާ ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.