ދިއިސްލާމް އިޒްރޭލު ސިފައިން ފަލަސްޠީނުގެ ދެ ޒުވާނަކު ހައްޔަރުކޮށްފި.

އިޒްރޭލު ސިފައިން ފަލަސްޠީނުގެ ދެ ޒުވާނަކު ހައްޔަރުކޮށްފި.

އިޒްރޭލު ސިފައިން ފަލަސްޠީނުގެ ދެ ޒުވާނަކު ހައްޔަރުކޮށްފި.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލު ސިފައިން ފަލަސްތީނުގެ ޒުވާނަކު ހައްޔަރުކޮށްގެން ގެންދަނީ

އިޒްރޭލުގެ އިސްތިޢުމާރީ ސިފައިން ފަލަސްޠީނުގެ ދެ ޒުވާނަކު ހުޅަނގު އައްސޭރީން އިއްޔެ ހައްޔަރުކޮށްފިއެވެ.

މީގެ ތެރެއިން އެއް ޒުވާނެއް ކަމުގައިވާ މުޙައްމަދު ޢަޠިއްޔާ (20 އަހަރު) ހައްޔަރުކޮށްފައިވަނީ އަލް އަޤްޞާ މިސްކިތުގެ ދެކުނުގައިވާ "ސިލްވާން' އަވަށުގެ "ބިއުރު އައްޔޫބު" އޭ ކިޔުނު ސަރަޙައްދުންނެވެ. އަނެއް ޒުވާނާ ހައްޔަރުކޮށްފައިވަނީ "ޖެނިން"ގެ ހުޅަނގުގައިވާ "ބަރްޤީން" އިންނެވެ.

އެހިސާބުގަނޑުގެ މީހުން ބުނިގޮތުގައި އިޒްރޭލު ސިފައިން ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ކުއްލިއަކަށް އަވަށަށް އަރާ ބަޔަކު ހައްޔަރުކުރުމުން އަވަށުގެ ޒުވާނުންވަނީ އިޒްރޭލު ސިފައިންނާ ކުރިމަތިލައި އޮށްގަލާއި ހުސްފުޅި އުކާފައެވެ. މީގެ ރައްދުގައި އިޒްރޭލު ސިފައިންވަނީ ކަރުނަގޭހާއި ރަބަރު ވަޒަނާއި އަލިފާން ބޮމުން އެހިސާބުގަނޑުގެ ގެތަކަށާއި ޒުވާނުންނަށް ޙަމަލަދީފައެވެ.

އިޒްރޭލު ސިފައިންވަނީ ހައްޔަރުކުރި ސަބަބުވެސް ބުނެދިނުމެއްނެތި  މީހުންނަށް ނޭގޭ ތަނަކަށް އެ ދެޒުވާނުން ގެންގޮސްފައެވެ.

__________

މަޞްދަރު: ދި ޕެލަސްޓައިން ޓެލެގްރާފް

ޓެގް

ހުޅަނގު އައްސޭރި ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.