ދިއިސްލާމް ފަލަސްޠީނުގެ އިޚްވާނުލް މުސްލިމޫންގެ އެއް ބާނީ އަވަހާރަވެއްޖެ.

ފަލަސްޠީނުގެ އިޚްވާނުލް މުސްލިމޫންގެ އެއް ބާނީ އަވަހާރަވެއްޖެ.

ފަލަސްޠީނުގެ އިޚްވާނުލް މުސްލިމޫންގެ އެއް ބާނީ އަވަހާރަވެއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލްޙާއްޖު މުޙައްމަދު އަލްނައްޖާރު

ފަލަސްޠީނުގެ އިޚްވާނުލްމުސްލިމޫންގެ އެއް ބާނީ އަދި ލީޑަރު އަލްޙާއްޖު މުޙައްމަދު ޢަބްދުޚައްޠާބު އަލް ނައްޖާރު ޢުމުރުފުޅުން 84 އަހަރުގައި އަވަހާރަވެއްޖެއެވެ.

އަލް ނައްޖާރު އަވަހާރަވީ ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާއުޅުއްވުމަށްފަހު މިދިޔަ ހުކުރުދުވަހު "ޚާންޔޫނުސް" ގެ ޔޫރަޕިޔަން ހޮސްޕިޓަލުގައި އޮންނަވައެވެ. އޭނާގެ ޖަނާޒާ އޮންނާނީ މިއަދުގެ ވަގުތެއްގައި ޚާން ޔޫނުސްގެ ބޮޑު މިސްކިތުގައެވެ.

މުޙައްމަދު އަލްނައްޖާރު ދުނިޔޭގެއަލިކަން ދެކެވަޑައިގަތީ 1927 ވަނަ އަހަރު ޚާން ޔޫނުސްގައެވެ. އޭނާ ހިމެނިވަޑައިގަންނަވަނީ ޣާޒާގެ އިޚްވާނުލްމުސްލިމުންގެ ބާނީންގެ ތެރޭގައެވެ. އޭނާ އެޖަމާޢަތާ ގުޅިވަޑައިގަތީ 1950 ވަނަ އަހަރުގައެވެ. އޭނާ ވަނީ 1967 ގެ ހަނގުރާމަޔަށްފަހު ޝެއިޚް އަޙުމަދު ޔާސީން އާއެކު ޖަމާޢަތް އަލުން އެކުލަވާލައި އެކުވެރިކުރެއްވުމުގެ މަސައްކަތް ކުރައްވާފައެވެ. ރަސްމީ ތަޢުލީމު ޙާޞިލްކުރައްވާފައި ނުވިޔަސް ޢިލްމުވެރިންގެ އަރިހުގައި އުޅުއްވުމުގެ ސަބަބުން އޭނާ ހިމެނިވަޑައިގެންފައިވަނީ ޢާންމުންގެ ލޯބި ލިބިވަޑައިގެންފައިވާ ހީވާގި ދާޢީއެއްކަމުގައެވެ.

މީގެ އިތުރުންވެސް ޣާޒާގެ ހިލޭސާބަހަށް ޚިދުމަތްކުރުމުގެ ހަރަކާތުގައިވެސް އޭނާ ވަނީ މުހިއްމު ރޯލެއް އަދާކުރައްވާފައެވެ. އޭނާ އަވަހާރަވުމާ ހަމަޔަށްވެސް ހުންނެވީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޣާޒާގެ ޖަމާޢަތެއްކަމުގައިވާ "އައްރަޙްމާ ޗެރިޓަބަލް ސޮސައިޓީ" ގެ ރައީސްގެ މަޤާމުގައެވެ.

މަޞްދަރު: ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ޓެގް

ފަލަސްޠީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.