
ޑރ.މައުރޫފް ޙުސައިން ޢަދާލަތު ޕާޓީ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އިސްމާޢިލް އަފްރާހު
"ބުދު މައްސަލާގައި އިސްލާމިކް ފައުންޑޭޝަންގެ ބަހެއް ނުބުނުމަކީ ހައިރާންވާންޖެހޭކަމެއް" ކަމުގައި ޑރ މައުރޫފް ވިދާޅުވެއްޖެއެވެ.
ޢަދާލަތު ޕާޓީގެ ނައިބް ރައީސް ޑރ މައުރޫފް ހުސެއިން މިއަދު ވިދާޅުވީ، "ބުދު މައްސަލާގައި ރައްޔިތުން ކަންބޮޑުވެ ހުރިހާ ދީނީ ޖަމިއްޔާއިން ބަސް ބުނެފައިވާއިރު އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ބަހެއް ނުބުނެ ތިބުމަކީ ހައިރާންވާންޖެހޭ ކަމެއްކަމަށާއި އެމައްސަލަ ޙައްލު ކުރުމަށް އެންމެން މަސައްކަތް ކުރަން އެބަޖެހޭ" ކަމަށެވެ. ޑރ މައުރޫފް އިތުރަށް ވިދާޅުވީ، "އިސްލާމިކް ފައުންޑޭޝަން އަކީ ސައުދީގައި ދީނާ ޚިލާފު ކަމެއް ކުރާއިރަށް އެކަން އެމީހުންގެ ވެބްސައިޓްގައި ޖަހައިގެން ފަތުރާ ބަޔެއްކަމަށާއި އެހެންވީއިރު ރާއްޖޭގެ ސަރުކާރުން ދީނާ ޚިލާފު ކަމެއް ކުރާތަން ފާޅުގައި ފެންނައިރު އެކަން ބޮޑުކަމަކަށް ވުން މާ އައުލާކަން ބޮޑު ކަމަށް." ޑރ މައުރޫފް ވިދާޅުވިއެވެ.
"ރާއްޖޭގައި ބާއްވާ ސާކް ސަމިޓާއި ގުޅުވައިގެން ކުރިއަށްދާ ލާދީނީ ހަރަކާތުގައި މޮނިއުމަންޓްގެ ނަމުގައި ބުދުތަކެއް ބަހައްޓަމުންދާތީ އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ހުރިހާ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުންވެސް މިކަން ހުއްޓުވުމަށް މަސައްކަތް ކުރަންޖެހިފައިވާ"ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...