ދިއިސްލާމް އިޒްރޭލު ސިފައިން ފަލަސްޠީނުގެ ދެމީހަކު ސިލްވާނުން ހައްޔަރުކޮށްފި

އިޒްރޭލު ސިފައިން ފަލަސްޠީނުގެ ދެމީހަކު ސިލްވާނުން ހައްޔަރުކޮށްފި

އިޒްރޭލު ސިފައިން ފަލަސްޠީނުގެ ދެމީހަކު ސިލްވާނުން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިޒްރޭލުގެ ސިފައިންތަކެއް

އިޒްރޭލުގެ އިސްތިޢުމާރީ ސިފައިން  އަލް އަޤްޞާ މިސްކިތުގެ ދެކުނުގައިވާ "ސިލްވާނު" އަވަށުގެ ދެ ގެއަކަށް ވަދެ ބަލާ ފާސްކުރުމަށްފަހު ފަލަސްޠީނުގެ ދެމީހަކު ހައްޔަރުކޮށްފިއެވެ.

އިޒްރޭލުން ފަލަސްތީނުގެ މި ދެމީހުން ހައްޔަރު ކުރީ މިދިޔަމަހުގެ 30 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އެ އަވަށުން ލިބިފައިވާ ރިޕޯޓްތައް ބުނާގޮތުގައި އިޒްރޭލުގެ އިންޓެލިޖެންސްގެ ހަތިޔާރު އެޅި މީހުންވަނީ ރޭގަނޑުގެ ވަގުތުގައި އެ އަވަށުގެ އެތައް ގެއަކަށް ގަދަކަމުން ވަދެ ގެތައް ބަލައި ފާސްކޮށްފައެވެ.  އެ ފަރާތްތަކުން އިތުރަށް ބުނިގޮތުގައި އިޒްރޭލު ސިފައިންވަނީ  "ހިބްރޫން" ގެ ދެކުނުގެ އަވަށެއްކަމުގައިވަ "އަލް ސަމޫއާ" އަށް ވަންނަން އޮންނަ މަގުގައި މިލިޓަރީ ޗެކް ޕޮއިންޓެއްވެސް ޤާއިމްކޮށްފައެވެ. އަދި ރަށަށް ވަންނަން އަންނަ މީހުން ހުއްޓުވައި އެމީހުންގެ އައިޑެންޓީޓީ ކާޑް ތަކަށް ދާންދެން ގެންދަނީ ޗެކް ކުރަމުންނެވެ.

މިފަދަ އެހެން ޗެކް ޕޮއިންޓެއް ނާބުލްސް ޝަހަރުގެ ހުޅަނގު ފަރާތުގައިވެސް ވަނީ ޤާއިމްކޮށްފައެވެ.

______

މަޞްދަރު: ދި ޕަލަސްޓީނިއަން ޓެލެގްރާފް

ޓެގް

ހުޅަނގު އައްސޭރި ޖަރީމާ ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.