ދިއިސްލާމް ނޭކުރެންދޫގައި ހިނގި އެކްސިޑެންޓެއްގައި އެއް އަހަރުގެ ކުއްޖަކު މަރުވެއްޖެ

ނޭކުރެންދޫގައި ހިނގި އެކްސިޑެންޓެއްގައި އެއް އަހަރުގެ ކުއްޖަކު މަރުވެއްޖެ

ނޭކުރެންދޫގައި ހިނގި އެކްސިޑެންޓެއްގައި އެއް އަހަރުގެ ކުއްޖަކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފޮޓޯ : މަގޭ

ހދ. ނޭކުރެންދޫގައި މިއަދު ހެނދުނު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޕިކަޕެއް ދަށުވެ އެއް އަހަރުގެ ކުޑަ ކުއްޖަކު މަރުވެއްޖެ އެވެ.

ފުލުހުންނާއި އެރަށުގެ ކައުންސިލުން ވެސް މިކަން މީޑިއާ އަށް މިކަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް، އެކުއްޖާގެ ޢާއިލާ އަށް ޝޮކެއް ލިބިފައިވާތީ ފުލުހުން އިތުރު ތަފްސީލެއް ނުދެއެވެ.

"ސަން" އޮންލައިނަށް ނޭކުރެންދޫ މީހަކު ބުނެފައިވަނީ މި އެކްސިޑެންޓް ހިނގީ އެރަށު މަންޒިލްގޭގައި އޮންނަ ޕިކަޕެއް، އެގޭގެ ޒުވާނަކު ދުއްވަނިކޮށް، ކުޑަ ކުއްޖާ ގޭތެރެއިން ދުވެފައި ނުކުތް ވަގުތު ޕިކަޕްގެ ދަށުވެގެނެވެ. އުމުރުން 18 އަހަރު ފުރިފައިވާ އެޒުވާނާގެ އަތުގައި އެއްގަމުގެ އުޅަނދުގެ ލައިސަންސް ނެތް ކަމަށް އެނޫހުން ބުނެއެވެ.

މަރުވި ކުޑަ ފިރިހެން ކުއްޖާއަކީ ޕިކަޕް ދުއްވަން އިން ޒުވާން ކުއްޖާގެ އެއްބަނޑު އެއްބަފާ ދައްތަގެ ކުއްޖެކެވެ.

މިހާދިޘާ އާ ގުޅިގެން ޕިކަޕް ދުއްވަން އިން ޒުވާނާ އަށާއި އެޢާއިލާގެ މީހުންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެއެވެ.

މި ޕިކަޕުގައި ސައިކަލެއް ޖެހި މިއަހަރުގެ އޭޕްރީލް 14 ގައިވެސް ވަނީ އެރަށުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. އަދި އެރަށު ބިލަމަގުމާގެ، ހަސަން ޢަބްދުއްލަތީފަށް ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ވެއެވެ.  އެޒުވާނާގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި ކަނދުރާގެ ބަދައެއްފިތި، ބައެއް ނާރުތައް އެނބުރިފައިވުމުގެ ސަބަބުން އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާކުރުމުގެ އިތުރުން، ރާއްޖެއިން ބޭރުންވެސް ފަރުވާ ހޯދާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެދުވަހު ޕިކަޕް ދުއްވާފައި ވަނީ މިއަދު ޕިކަޕް ދުއްވަން އިން ކުއްޖާގެ ބައްޕަ ކަމަށް "ހަވީރު" ނޫހުން ބުނެފައި ވެއެވެ.

ތ. މަޑިފުށީގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވުމުގެ ސަބަބުން ޒުވާނަކު މަރުވެފައި ވެއެވެ. މި އެކްސިޑެންޓް ހިނގީ އޭނާ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެ ގޮސް ގަހެއްގައި ޖެހިގެންނެވެ.

އައްޑޫ ސިޓީ ހުޅުމީދޫ ބޮޑު މަގުގައި މިދިޔަ މަހު 23 ވަނަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވެސް  ޒުވާނަކު މަރުވެފައި ވެއެވެ. އެޒުވާނާ މަރުވީ އޭނާ ދުއްވާފައި ދިޔަ ސައިކަލް ލޯޑަރެއްގައި ޖެހި، ލޯޑަރުގެ ދަތްގަނޑު އެއްކޮށް އޭނާގެ މެޔަށް ހެރުމުގެ ސަބަބުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.