ދިއިސްލާމް އިޒްރޭލު ސިފައިންގެ މީހަކު އަސީރުކޮށް، މީހަކަށް 1 މިލިޔަން ޑޮލަރު ހުށައަޅައިފި!

އިޒްރޭލު ސިފައިންގެ މީހަކު އަސީރުކޮށް، މީހަކަށް 1 މިލިޔަން ޑޮލަރު ހުށައަޅައިފި!

އިޒްރޭލު ސިފައިންގެ މީހަކު އަސީރުކޮށް، މީހަކަށް 1 މިލިޔަން ޑޮލަރު ހުށައަޅައިފި!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްޠީނުގެ ތެރޭގައި އުޅޭ ހަނގުރާމަވެރި އިޒްރޭލުގެ ޢަސްކަރީ މީހަކު އަސީރުކުރާ  ފަލަސްޠީނު މުޥާޠިނަށް 1 މިލިޔަން ޑޮލަރު އިނާމަކަށް ދޭނެކަމުގައި ސަޢުދީޢަރަބިއްޔާގެ ބޭފުޅެއްކަމުގައިވާ ޑރ.ޢިޥަޟު އަލްޤަރްނީ އޭނާގެ ފޭސްބުކް ޞަފްޙާގައި މުޅިދުނިޔެއަށް ހާމަވާނޭހެން އިޢުލާންކުރައްވައިފިއެވެ.

މިކަންމިކުރެއްވީ ފަލަސްޠީނު ގެ ދޫވެފައިވާ އަސީރުންގެ މީހަކު މަރާލި ކޮންމެ މީހަކަށް ބޮޑެތި އިނާމްތަކެއް ޔަހޫދީންގެ ފަރާތުން  އިޢުލާންކުރުމާއި ވިދިގެން އެކަމުގެ ބަދަލެއްގެ ގޮތުންނެވެ. އަދި ޙަމާސްގެ ބައެއް ޙަރަކާތްތެރީންނާއި މެދު މަރާލައިދިން މީހަކަށް އެތައް އުޖޫރައެއް އިޢުލާންކޮށްފައިވެސް ވަނިކޮށްނެވެ. ވަކީން ޚާއްޞަކޮށް އަސީރުން ބަދަލުކުރެވެމުންދާ މި ދަނޑިވަޅުގައި ފަލަސްޠީނުގެ ގިނަ ބަޔަކު މިނިވަން ކޮއްގެން ގެނައުމަށް ލިބޭ އެއްބާރުލުމަކަށް މިކަން ވެގެންދިއުމާއި އެކު އިޒްރޭލުގެ ޢަސްކަރީންނަށް މިކަމުން ސިހުންތަށް  އިތުރުވެ، ފަލަސްޠީނުގެ މުޥާޠިނުންނަށް ހިތްވަރުލިބި، މުސްލިމުންގެ އަޚްވަންތަކަން އާލާކުރަނިވި މިޘާލަކަށްވެގެންދާނެއެވެ.

ކޮންމެ ބިމެއްގައި ތިއްބަސް ހުރިހާ މުސްލިމުންނަކީ އެއް ވޭނެއް ތަޙައްމަލުކުރާ، އެއްބަނޑު އެއްބަފައި ބައެއްކަން ކާފަރުން ދަންނާނެތެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.