އުބުންޓޫ 11.10 ނުކުމެއްޖެ. Ubuntu 11.10 'Oneiric Ocelot'
އުބުންޓޫ 11.10 ނުކުމެއްޖެ އެވެ. މިއީ އުބުންޓޫގެ 15 ވަނަ ވާރޝަން އެވެ. މިވާރޝަން އަށް "އޮނޭރިކް އޮސީލޮޓް" އޭ ކިޔައެވެ. މިއީ އަލްފާރ ވާޝަން އެކެވެ.
މިވާޝަން މިހާރު ހިލޭޑައުންލޯޑް ކުރެވެން ހުންނާނެ އެވެ. ޑައުންލޯޑް ކުރުމުގެ ކުރިން އޮންލައިންކޮން އަޖުމަބަލާލެވިދާނެއެވެ.
އުބުންޓޫ އަކީ ބޭނުންކުރަން ފަސޭހަ، އެތައް ހާސް ހިލޭ ޕްރޮގްރާމްތައް އަޅާލެވޭ، ކޮމްޕިއުޓަރ އަށް އިންސްޓޯލް ނުކޮށް ސީޑީ ނުވަތަ ޕެންޑްރައިވް މެދުވެރިކޮށް އަޖުމަ ބަލާލެވިދާނެ އޮޕަރޭޓިންގ ސިސްޓަމް އެކެވެ. ކޮމްޕިއުޓަރ، ނެޓްބުކް އަދި ސާރވަރ ތަކަށް ހާއްސަ ވާޝަންތައް ހިމެނޭ އިރު އޭ އާރ އެމް ޕްރޮސެސަރ ތަކަށް ވެސް އުބުންޓޫ ބޭނުންކުރެވެއެވެ. ބަލާލަން ޗާލު މި އޯއެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް 12 މިލިއަނަށްވުރެ ގިނަމީހުން ބޭނުން ކުރާކަމަށް ދިރާސާތަކުން ދައްކައެވެ.
އުބުންޓޫގެ ޑެކްސްޓޮޕާއި ލޭއައުޓް އެކީ ދިވެހި ބަހަށް ބަދަލް ކުރެވޭނެއެވެ. އޮފީސް ޕެކޭޖް ކަހަލަ ޕްރޮގްރާމްތައް ވެސް ދިވެހި ބަހަށް ބަދަލު ކުރުމުގެ މަސައްކަތް މޯލްޑިވްސް އޮޕެން ސޯސް ސޮސައިޓީ އިން ދަނީ ކުރަމުންނެވެ. ދިވެހި ބަހުން ލިޔެ ހެދުމަކީ އުބުންޓޫގައި ވަރަށް ފަސޭހަ ކަމެކެވެ. ދިވެހި ރާއްޖޭގައި އުބުންޓޫ ބޭނުންކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ދިވެހި ރާއްޖޭގެ ކޮޕީރައިޓް ޤާނޫނަށް އަމަލުކުރަން ފަށާފައިވާއިރު އުބުންޓޫކަހަލަ ހިލޭ ލިބޭ އޮޕެންސޯސް އޮޕަރޭޓިންގް ސިސްޓަމްތައް ބޭނުން ކުރުމަކީ ވަރަށް ފައިދާ ވާނޭ ކަމެކެވެ.
މިފަހަރުގެ މިވާޝަން އަށް ވަނި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އިންޓަރފޭސް އަށް މިފަހަރު ރަނގަޅު ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ގުނޯމް2 ބޭނުންކުރާމީހުންނަށާއި 3ޑީ އެފެކްޓްތައް ވަނީ ތަރައްޤީކޮށްފަ އެވެ. ޑިފޯލްޓް ވެބް ބްރައުޒަރ އަކަށް ފަޔާފޮކްސް 7.0 ހިމަނާފައިވާ އިރު މެއިލް ޕްރޮގްރާމްގެ ޑިފޯލްޓް އަށްވެސް ބޭނުންކޮށްފައި ވަނީ ފަޔާފޮކްސްގެ ތަންޑަރބާރޑްސް އެވެ. އެންމެ ބޮޑު ބަދަލެއް ގެނެސްފައިވާ ކަމަށް ފާހަގަ ކުރެވެނީ އުބުންޓޫ ސޯފްޓްވެއަރ ސެންޓަރ އަށެވެ.
އުބުންޓޫ މަޝްހޫރުވެފައި ވަނީ ވައިރަސް ނުވަންނަ އޯއެސް އެއްގެ ގޮތުގައެވެ. އުބުންޓޫ ބޭނުންކުރާނަމަ ވައިރަސްގެ އެއްވެސް މައްސަލައެއް ދިމާނުވާނެއެވެ. .އުބުންޓޫއަށް ވައިރަސް ވަންނާނެ ހުރިހާދޮރެއް ވަނީ ބަންދުކޮށްފަ އެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...